މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދިނުމަށް ފެނަކަ ހިމެނޭހެން ރައީސް މުއިއްޒު ފައިސާ ނަގަމުންދާ ސަރުކާރު ކުންފުނިތަކުން، މިދިޔަ މަހުގެ މުސާރަ ނުދެވިފައި

މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދިނުމަށް ފެނަކަ ހިމެނޭހެން ރައީސް މުއިއްޒު ފައިސާ ނަގަމުންދާ ސަރުކާރު ކުންފުނިތަކުން، މިދިޔަ މަހުގެ މުސާރަ ނުދެވިފައި ވާކަން ދިޔަވަރު ނޫހަށް މި ކުންފުނިތަކުގެ ގިނަ މުއައްޒަފުންތަކެއް ރިޕޯޓް ކޮށްފިއެވެ.

ފެނަކައިގެ އިތުރުން، ވެމްކޯ އިންނާއި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މުއައްޒަފުންނަށް މުސާރަ ދީފައި ނުވެއެވެ. ހަފްތާގައި ބޮޑު ބަންދެއް އައި އިރު، 30 ހުން 30 ހަށް މަހު މުސާރައިން އުޅޭ އާއިލާތައް އެތިބީ މިއަދު އަތުގައި ލޯލާރިއެއްވެސް ނެތި ހާލުގައި ޖެހިފައެވެ.

މިހާލަތަށް ކުންފުނިތައް ގޮސްފައިވަނީ ސިޔާސީ ބޭނުމަށް މުުއްޒަފުން އިންތިހާއަށް އިތުރަށް ނެގުމާއި، ކުންފުނިތަކުގެ ތެރޭގައި ހިނގާ ވައްކަމާއި ކޮރަޕްޝަންގެ ސަބަބުން ދައުލަތުގެ ފައިސާ ހުސްވަމުން ދާތީއެވެ.

ފެނައަކީ ކުރީ ސަރުކާރުންވެސް ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދޭން ހުރި ކުންފުންޏެކެވެ. މި ސަރުކާރު ގެނައުމަށް އެ ކުންފިނިތަކާއި އެމީހުންގެ އާއިލާތަކުން ވޯޓު ދިނެވެ. ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ ފައިސާއެއް ރިޝްވަތު ނުނަގައި މުއާޒު ދޫކޮށް ނުދެއެވެ. އަދި ގިނަ ބައެއްގެ ފައިސާ އަދިވެސް ހުރީ ނުލިބި ފެނަކާގައި ރައީސް މުއިއްޒު ހިފަހައްޓާފައެވެ.

މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދަނީ ފުނޑުފުނޑު ވަމުންނެވެ. ނަމަވެސް ކަންކަން އިސްލާހު ކުރުމަށް ރައްޔިތުން ގެނައި ސަރުކާރުން މިކަމަށް ފަރުވާލެއް ނުބަހައްޓައެވެ.