- އެންސްޕާގެ ޚިދުމަތް ކަނޑާލައި، އެންސްޕާއިން ދޭ ފައިސާއަކީ ދަރަންނަށް ނަގާ ފައިސާ އަކަށް ބަދަލު ކުރުން.
- އާސަންދައިން ގިނަ ބޭސް ރައްޔިތުންނަށް ނުލިބުން
- އާސަންދަ ޚިދުމަތް ދެމުން ދިޔަ މުހިންމު ހޮސްޕިޓަލްތައް ހުއްޓާލުން
- މަސްވެރިންނަށް މިހާރުވެސް ފައިސާ ދޭ ގޮތަށް އޭރުވެސް ދެވެން އޮވެ، 1 އަހަރު މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިކަށް ކުރިމަތި ކޮށް ނިކަމެތި ކޮށްލުން
- މަހުގެ އަގު ދުނިޔޭގެ މާކަޓަށްވުރެވެސް ބޮޑަށް ރާއްޖޭގައި ވައްޓާލުން
- ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދައި، މަސް ގަނެވޭނެ އިންތިޒާމު ހަމަ ނުޖެއްސުން
- ޤައުމުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ނާގާބިލު މީހުން ލުން
- ތަކެތީގެ އަގު ހެޔޮ ވާނެ ކަމަށް ބުނެ، ފާއިތުވީ ކޮވިޑުގައި އަގު މައްޗަށް ނުދާވަރަށް ތަކެތީގެ އަގު ބޮޑު ކުރުން
- ރައްޔިތުންގެ ފެލައިގެން ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށް ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑު ކުރުން
- ޓުއަރިޒަމް ޓެކްސް ބޮޑު ކޮށް ރާއްޖެއަށް ފަތުރުވެރިކަން ހީނަރު ކުރުން
- އެއަރޕޯޓް ޓްކެސް އިންތިހާއަށް ބޮޑުކޮށް، ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އަގު ބޮޑު ކުރުން
- އެތެރޭގެ އުދުހުންތައް މަދުކޮށް، ރަށްރަށުގެ ދިރިއުޅޭ ފަރާތްތަކަށް ދަތި އުނދަގޫ ކުރިމަތި ކުރުވުން
- ބޭރު ޤައުމުތަކުގެ އިސް ވެރިންނާއި ބެހި ރާއްޖޭގެ ޓުއަރިޒަމަށް 3.8 ބިލިއަން ރުފިޔާގެ ގެއްލުމެއް ދިނުން
- ރާއްޖޭގެ ޓުއަރިޒަމަށް 3.8 ބިލިއަން ރުފިޔާގެ ގެއްލުން ދިން މަލްޝާ އާއި ޝިއުނާ މަގާމުގައި ބެހެއްޓުން
- ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ޝިއުނާ އަށް މުސާރަ ޑޮލަރުން ދިނުން
- 700 ސިޔާސީ މާގާމަށް ވުރެ އިތުރު ނުވާނެ ކަމަށް ބުނެ 7500 ސިޔާސީ މަގާމު އުފެއްދުން
- 55 ބިލިއަން ރުފިޔާގެ ބަޖެޓަކުން ވައްކަން ކުރި ކުރީނުން އެއް އަހަރު ތެރޭ ހުސްކޮށްލި އިރު ރައްޔިތަކަށް އެއްވެސް ކަމެއް ނުކޮށް ދެވުން
- 15 އާއި 21 ބިލިއަން ރުފިޔާ އާއި ދެމެދު އަދަދަކަށް ދަރަނި ފުރަތަމަ އަހަރުވެސް މުއިއްޒުގެ ސަރުކާރުން ނެގައި ދަރަނީގެ ރިކޯޑެއް ހެދުން
- ވޭޕް މަނާ ކުރުމުގައި އެކަށީގެން ވާ ވަގުތު އެ ވިޔަފާރިތަކަށް ނުދީ، އެތައް އާއިލާއެއް ނިކަމެތި ކޮށްލުން
- އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނުމަށްފަހު، އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ވަޒީފާއިން ވަކި ކުރުން
- ހޯމް މިނިސްޓަރ އިސްކޮށް ހުންނަވައިގެން ދިވެހިންގެ ސޮޔާއި، ފިންގަރ ޕްރިންޓް ފޯޖްކޮށް، ވަގު ފޯމު ހަދައި ޕީއެންސީ އަށް މީހުން ވެއްދުން
- ރަށު ކައުންސިލް ތަކަށް ބާރު ލިބެހެން އޮތް ބާރުތައް ކަނޑުވައި ރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު ބަދަލުކޮށް ބާރުތައް ރައްޔިތުން އަތުން ފޭރިގަނެ މުއިއްޒު ނެގުން
- އިލެކްޝަން ކޮމިޝަނަށް ރައީސް އާއި ނާއިބް ރައީސް އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިން އަތުލައި، އެއީ މުއިއްޒު ކަނޑައަޅާ ބަޔަކަށް ހެދުން
- އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ރައީސް އާއި ނާއިބް ރައީސް އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިން އަތުލައި، އެއީ މުއިއްޒު ކަނޑައަޅާ ބަޔަކަށް ހަދައި އެތާގެ ބާރުތައް ނެގުން
- ފުށި ދުއްގަރުފަޅުގެ މަސައްކަތް ކުރި ރާޖޫއަށް އެތައް ސަތޭކަ މިލިއަނަކުން ބަދަލު ދިނުމަށް ބޮޑު ކޮރަޕްޝަނެއް ހިންގުން
- ފުށި ދިއްގަރުފަޅު ހިއްކާ ފަރާތްތަކަށް ހިއްކާ މިންވަރުގެ ދެބައިކުޅަ އެއްބައި ދޭން ނިންމުން
- އެޗްޑީސީއިން ހުޅުމާލޭގެ ގޯތިތައް ނުއަގުގައި މުއިއްޒުގެ އަރިސް ފަރާތްތަކަށް ދިނުން
- ހުޅުމާލެއިން 200 އެތައް ފުލަޓެއް ނުހައްގުން މީހުންނަށް ވިއްކާލުން
- “ރައީސްގެ ލިސްޓް” ނަމުގައި ލިސްޓެއް ހަދައި ހުޅުމާލޭގައި 2008 ގައި ދިން ގޯތި ތެރެއިން ބާކީ ހުރި ގޯތިތައް ވަކި ބަޔަކަށް ދިނުމަށް ރާވައިގެން މަސައްކަތް ކުރުން
- ރައީސް މުއިއްޒު އެޗްޑީސީއަށް އައްޔަން ކޮށްފައިވާ އޭނާގެ އަރިސް ފަރާތްތައް، ހުޅުމާލޭގެ ވޯޓާރ ޕާކް އަޅަން ގެނެސްފައިވާ ތަކެތި ވިއްކާލުން
- އެޗްޑީސީގައި ތިބި ރައީސް މުއިއްޒުގެ އަރިސް ފަރާތްތައް އަޑީގައި ތިބެގެން، ވޯޓާ ޕާކް އަޅަން އައި ސިންގަޕޫރު ކުންފުނިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގެ ހިއްސާ ވަގަށް ދިވެއްސެއްގެ ނަމަށް ބަދަލު ކުރުން
- އެޗްޑީސީ އިން ޤަވާއިދާއި ޚިލާފަށް ކުރީގެ އެމްޑީ ފަޒުލްގެ ބޭބެއަށާއި، އަންހެނުންނާށް ގޯތި ދިނުން
- 3 މިނިސްޓްރީ އެއް މުއިއްޒު އަޑީގައި ހުރެގެން އޭނާގެ ކޮރަޕްޝަން ފޮރުވުމަށް އަނދާ އަޅިއަށް ހަދާލުން
- 6 ބިލިއަން ރުފިޔާގެ ބިލްތަކަށް 2024 ވަނަ އަހަރު ފައިސާ ނުދައްކާ ކުންފުނިތައް ދަވާލުން
- ސަރުކާރުން އާންމު ވިޔަފާރިއަށް ނުވަންނަ ޒަމާނެއްގައި ޓެކްސީ ކުރުމުގެ ވިޔަފާރިއަށް ވަންނަން ނިންމުން
- އުޅަނދުތައް ޕާކް ކުރާނެ ތަނެއް ދައްކާފަ ނޫނީ ނުނަގާނެ ކަމަށް ބުނެ، އެތައް ސަތޭކަ އުޅަދެއް ނަގައި އެތައް މިލިއަނަކުން އާންމު ރައްޔިތުންނަށް ގެއްލުން ދިނުން
- ކުރީ ސަރުކާރުން ނިންމާފައި ހުންނަ ޕްރޮޖެކްޓްތައް އެއީ މިސަރުކާރުން ނިއްމާފައިވާ ޕްރޮޖެކްތް ކަމަށް ދައްކައި ރިބަން ކެނޑުން
- ސޓީ ކައުންސިލުން ބުޅާ ފެސިލިޓީ އަޅާފައި ދިނުމުން، އެތަން ނުހުޅުވައި، ބުޅަލުގެ މައްސަލަ ގަސްތުގައި ރައްޔިތުންނަށް ދަތި އުނދަގޫ ކުރުމަށް ދިގު ދެންމުން
- ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޒާތީ މައުލޫމާތު ތައިލެންޑް ކުންފުންޏަކަށް ދިނުން
- ބަޖިލީހުގެ ބާރުތައް އަތުލައި، ރައްޔިތުންގެ މަޖިލީސް ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހަށް ހެދުން
- ރާއްޖޭގެ މައި ބަނދަރު ފިލިޕީންސްގެ އައިސީޓީއެސްއައި ކިޔާ ކުންފުންޏަކަށް ވިއްކާލުމަށް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ މުއިއްޒު ނަގާފައިވޭ!
- ފުށި ދިއްގަރު ފަޅު ޕްރޮޖެކްޓަކީ ސަރުކާރުން އެއްވެސް ފައިސާއެއް ހޭދަ ނުކޮށް ހިންގާނެ ޕްރޮޖެކްޓެއް ކަމަށް ބުނެ 77 މިލިއަން ރުފިޔާ ދީ ބަދަލުގެ ގޮތުގައި އެތައް މިލިއަނެއް ދިނުމަށް ނިންމުން
- އެއްވެސް ޕްރޮޖެކްޓެއް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވައުދުވެ, ވެރިކަމަށް އައިސް 98 ޕަސެންޓް ޕްރޮޖެކްޓުތައް ހުއްޓާލި
- 100 ދުވަސް ތެރޭ ހުރިހާ ސިޓީއެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވޭ ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ
- ހައުސިން މިނިސްޓަރު ކަމުގައި އިނދެ، ސިފައިންނާއި، ފުލުހުންގެ ނަމުގައި އެޅި ފްލެޓްތަކުން އެތައް 100 މިލިއަން ރުފިޔާގެ ވައްކަން މުއިއްޒު ކޮށްފައިވުން
- 100 ދުވަސް ތެރޭ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް ބުނި. ނަމަވެސް ފަށާފައެއް ނުވުން
- ބޯން މެރޯ ހަދަން ކުދިން ފޮނުވުން އެއީ މިސަރުކާރުން އަލަށް ފަށައިގެން ކުރާ ކަމެއް ކަމަށް ބުނެ ވަނީ ދޮގު ހެދުން
- 100 ދުވަސް ތެރޭ ޕޭޕާލް ގެންނާނެކަމަށް ބުނެ ދޮގު ހެދާފައިވުން
- މުއިއްޒުގެ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް 1.5 ބިލިއަން ރުފިޔާ 2024 ގައި ބަޖެޓުކޮށްފައި ވަނިކޮށް ބަޖެޓު ނުކުރާ ކަމަށް ބުނެ ދޮގު ހެދުމުން
- އެއްދުވަހު އެއްފަސް ކުރާނެ ކަމަށް ބުނެ، އަނެއް ދުވަހު ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީ ގެންނާނެ ކަމަށް ބުނެ ދެދުވަހު ދެގޮތަށް އެތައް ފަހަރަކު ވާހަކަ ދެއްކުން
- ކުވައިތު ސަރުކާރުގެ ފަންޑަކުން އޮޅުވާލައިގެން ފައިސާ ނަގާފައިވާ ޚަލީލު ހެލްތް މިނިސްޓަރަކަށް ލުމުން އެޤައުމުން ރާއްޖެއަށް އެހީވުން ހުއްޓާލުމުން، ކުވައިތު ސަރުކާރުން މަޝްރޫއުތައް ހިންގަން ދިން ފައިސާ އަނބުރާ ގެންދިޔަ ކަމަށް ބުނެ ދޮގު ހަދައި އޮޅުވާލާފައި ވުން
- އެމްބަސީ ތަކުގައި މާ ގިނަ މީހުން ވަޒީފާގައި ތިބިކަމަށް ބުނެ ވެރިކަން ލިބުމުން އެ އަދަދު 3 ގުނަ 4 ގުނަ ބޮޑުކުރުން
- ނިކަމެތިން ހައްޖަށް ފޮނުވަނީ ކަމަށް ބުނެ، މީހުން އަތުން ރިޝަވަތު ނަގައިގެން ލިސްޓުގައި ނެތް އެތައް ބަޔަކު 2024 ގައި ހައްޖަށް ފޮނުވުން
- ހައްޖު ކޯޓާއިން 200 ކޯޓާ 2025 ވަނަ އަހަރަށް މިހާ އަވަހަށް ވަގަށް ނެގުން
- ހައްޖަށް ދެވޭ އުސޫލު ބަދަލުކޮށް، ކިޔުގައި ޖެހިގެން ތިބި ފަރާތްތަކަށް ކިޔު ތަރުތީބުން ހައްޖަށް ނުދެވޭ ގޮތް ހަދައި އެތައް ހާސް ބައެއްގެ ހައްޤަށް އަރައިގަތުން
- ޒަކާތުގެ ކަންކަން ސަރުކާރުން ބަޖެޓް ކޮށްގެން ކުރަމުން ދަނިކޮށް، ޒަކާތަށް ލިބޭ ފައިސާ ބޭނުން ކުރުމަށް “ޒަކާތު ހައުސް” ގެ ނަމުގައި ވަކި ކުންފުންޏެއް ހަދައި އެފައިސާ އެކި ކަންކަމަށް ބޭނުން ކުރަމުން ދިޔުނ
- 100 ދުވަސް ތެރޭ %5 އިންޓްރެސްޓު ރޭޓުގައި، ހައުސިން ލޯނު ދޭނެ ކަމަށް ބުނުމަށް ފަހު އެއްވެސް ލޯނެއް ދީފައެއް ނުވުން
- މަގާމުތަކަށް ތައުލީމީ މީހުން ލާނެ ކަމަށް ބުނެ އޯލެވެލް ވެސް ހަދާފަ ނެތް އެތައް ބަޔަކަށް ނައިބް މިނިސްޓަރުންގެ ފެންވަރުގައި ވަޒީފާތައް ދީފައިވުން
- މުލިއާގެ މަރާމާތް ކޮށް، ސާޖިދާ ބޭނުންވާ ފެންވަރަށް ގެނައުމަށް 40 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވުން
- ތިމަންނާ އަކީ އިންތިހާބަށް ކަޑަ ޖަހާ މީހެއް ނޫން ކަމަށް ޕޯޑިޔަމް ގައި ބުނުމަށް ފަހު، ރައްޔިތުން ހެއްދުމަށް ފޭކް އެމްއޯޔޫ ތަކުގައި މަޖިލީސް އިންތިހާބާއި ދިމާކޮށް ސޮއެ ކުރި. އެއިން އެއްވެސް ޕްރޮޖެކްޓެއް މިއަދާއި ހަމައަށް ވެސް ފަށާފައެއް ނުވޭ
- މިސްކިތްތަކަށް 3 ގުނައަށް ބަޖެޓް ބޮޑު ކުރާނެ ކަމަށް ބުނެ މިސްކިތްތައް ވީރާނައަށް ދޫކޮށްލުން
- އެމްޕީއެލް އިން ގާ ގަތުމަށް 4.8 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް މުއިއްޒު ހިންގުން
- އެއްވެސް ފްލެޓެއް ގޯއްޗެއް އަތުނުލާނެކަމަށް ވައުދުވެ, ވެރިކަމަށް އައިސް ބޭނުންވާ މީހުންނަށް ލިފްޓްތައް ބަހާލަން އޭސީސީ މެދުވެރިކޮށް ކޮރަޕްޝަން ހިންގާފައިވުން
- ފްލެޓް ލިސްޓް އަދިވެސް ނުދީ، މަކަރު ހެދުމަށް މަސައްކަތް ކުރަމުން ދިޔުން
- ގޯތިތައް އަދިވެސް ހަވާލު ނުކުރުން. އަދި ގޯތި ދީފައިވާ ސަރަހައްދުކަށް ބޭނުންވާ މަސައްކަތް ނުކޮށް ގަސްތުގައި ހުރުން
- ރާއްޖޭގެ ދެކުނުގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑު ވިއްކާލި ކަމަށް ބުނެ ދޮގު ހެދައި، އެ ކަނޑު ހޯދަ ދޭނެ ކަމަށް ބުނެ އެއްވެސް ކަމެއް އެކަމަށް ނުކޮށް، ރައްޔިތުންނަށް ދޮގު މައްޗަށް ދޮގު ހަދާފައި ވުން
- ކާޑު އަގު ހެޔޮކޮށް ތުރުކީން ލިބޭނެކަމަށް ބުނެ ދޮގު ހަދައި، ތުރުކީއިން ރާއްޖެއަށް އަބަދުވެސް ފުށް ގެންނަނި ކޮށް، ތިމަންނާ ތުރުކީ އިން ކާޑު ގެންނަ ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފައިވުން.
- އައްޑޫ ބުރިޖު ހަދަން ބަޔަކަށްދީފިކަމަށް ބުނި، މަޖިލީސް އިންތިހާބު ނިމުމުން އެއީ ނުހިނގާ ކަމަކަށް ހެދާފައި ވުން.
- ޕޭޕާ ކުންފުންޏަކަށް ތިނަދޫގެ އެއަރޕޯޓް އެޅުމަށް 6 ރަށް ދީފައިވުން
- ނޫސް ވެރިކަމުގެ މިނިވަން ކަން އޮތް ކަމަށް ބުނެ، ނޫސްތައް ބްލޮކް ކޮށްފައިވާތީ
- ފުލުހުންގެ މުއައްސަސާ ސިޔާސީ ކޮށް، ކޮރަޕްޝަނާއި، ސަރުކާރުން ހިންގާ އެއްވެސް ކުށެއްގެ މައްސަލަ އެއް ނުބެލޭ ތަނަކަށް ހެދުން
- ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރި ފަރާތްތައް ވަކި ނުކުރާނެ ކަމަށް ބުނެ، ރައީސް އޮފީހުންނާއި، މުލިއާގެއިން ފުރަތަމަ ހަފްތާގައި މީހުން ވަކިކޮށް ހާލުގައި ޖައްސާފައި ވާތީ
- ފަސްޓު ކުލާހާއި ދަތުރު ނުކުރާ ކަމަށް ބުނެ، މުޅިންވެސް ފަސްޓް ކުލާހުގައި ދަތުރު ކުރާތީވެ
- މައުލޫމާތު ހޯދަން އާރުޓީއައި ލާން ނުޖެހޭނެ ކަމަށް ބުނެ، މައުލޫމާތު ނުދީ ހިފަހައްޓައި މައުލޫމާތު ނުދިނުމަށް ޤާނޫނަށް ބަދަލު ގެނެސްފައި ވާތީ
- މިނިސްޓަރުން ދުއްވާނެ ކާރުތައް ހުއްޓާ 22 އާ ކާރު ވައިގެ މަގުން ގެނެސް ބަޖެޓް ދަވާލާފައި ވާތީ
- ކޯޓުތަކަށް އަތް ނުބާނާނެކަމަށް ވައުދުވެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާތީ
- ޤައުމުތަކާއި އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރާނެ ކަމަށް ބުނެ ދޮގު ހަދާފައި ވާތީ
- ކަނޑުއަޑީގެ ބިއްލޫރި ޓަނަލް ހެދުމަށް ފީޒިބިލިޓީ ހެދި ކަމަށް ބުނެ ސިޓީކައުންސިލް އިންތިހާބުގައި ވޯޓު ހޯދުމަށް ރައްޔިތުންނަށް ދޮގު ހަދާފައިވާތީ
- ރާއްޖޭގެ ރަށްތައް ނުއަގުގައި ވިއްކާލާފައި ވާތީ
- ފޭކް އިންޓެލް ރިޕޯޓް ހަދައި މީހުން ކުށްވެރިންނަށް ބަދަލު ކުރުމަށް ހޯމް މިނިސްޓަރ މަސައްކަތް ކުރަމުންދާތީ
- ކުންފުނިތަކަށް އެމީހުން ކުރި މަސައްކަތުން ލިބުނު ނަފާއިން ދޭ ބޯނަސް ނުދީ ހުއްޓުވާފައިވާތީ
- މުއިއްޒު ވެފައިވާ ހަމަ އެންމެ ވައުދެއްވެސް ފުއްދާފައި ނުވާތީ
- ކުޑަކުދިން މުއިއްޒު ސިޔާސީ ކަންކަމަށް އަވީގައި ނެރެ، އަދި ގޯލު ޖެހުމަށް ކީޕަރުންނަށް ބޭނުންކޮށް ކުޑަކުދިން ރައްކާތެރިކަން ގެއްލިގެން ދާހެން މަސައްކަތް ކުރާތީ
- ކުޑަކުދިންނާއި ބެހޭ މީހުން މުއިއްޒު ރިކޯޑު އަދަދަކަށް ދޫކުރަމުން ދާތީ
- ކުންފުނިތަކަށް ފައިސާ ނުދީ ދަތި ކުރުމަށް ފަހު، މުއިއްޒު އާއި ޖަންގިޔާ ނާޒިމް އެކުންފުނިތަކުގެ ހިއްސާ ވިއްކުމަށް މަޖުބޫރު ކުރަމުން ދާތީ
- ސޯޝަލް މީޑިޔާ އަދި މީޑިޔާ ކޮންޓްރޯލް ކޮށް، އަދި ބްލޮކް ކުރުމަށް ބިލެއް ހަދައި ތަކުރާރުކޮށް އެކި އެކި މަސައްކަތް ކުރަމުންދާތީ
- ޗައިނާއިން ގެންނަ މުދަލުން ޑިޔުޓީ ފްރީކޮށް، ދައުލަތުގެ ބަޖެޓަށް އެތައް 100 މިލިއަނެއް މަދުކޮށް، އެފައިސާ ހޯދުމަށް ސިނގިރެޓްގެ އަގު ބޮޑު ކޮށްފައިވާތީ
- މުއިއްޒުގެ ވެރިކަމުގައި ޑޮލަރުގެ އަގު އިތުރަށް ބޮޑުވެގެން ދިޔުން، އަދި ޑޮލަރު ލިބުން އިންތިހާ އަށް ދަތިވުން
- ޝަހީމަށް ޤާނޫނާއި ޚިލާފަށް ބިން ދިނުމަށް ފަހު، އެތާގައި ހުރި ވަގުތީ މިސްކިތް ތަޅާލާފައި ވާތީ
- ރިސޯޓް މުއައްޒަފުންނަށް ލިބޭ ޑޮލަރު ހުއްޓޭހެން، ޑޮލަރު މާރުކުރަން މަޖުބޫރު ކުރުވައި މުޅި ޓުއަރިޒަމް ސިނާއަތް ފުނޑާލުން
- ސާޖިދާ ކެންޏާއަށް ކުރި ބޭކާރު ދަތުރުގެ ޚަރަދުތައް ރައީސް އޮފީހުން ސިއްރު ކުރަމުންދާތީ
- ރާއްޖޭގެ ތާރީޚުގައި އެއްވެސް މީހަކު ދަތުރު ކޮށްފައި ނުވާ ވަރަށް ދެމަފިރިން ދަތުރު ކޮށް ބަޖެޓް އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާތީ
- އިޒްރޭލުން 46،000 މީހުން ޝަހީދު ކޮށްލި އިރުވެސް، އިޒްރޭލް ޕާސްޕޯޓް މަނާ ކުރާނެ ކަމަށް ބުނެ ކޮށްފައި ނުވާތީ
- ޑުބާއީ އާއި، ތައިލަންޑަށް އެއްވެސް މީހަކަށް އާސަންދަ ނުލިބޭހެން އާސަންދަ ނަމެއްގައި ތަޢާރަފްކޮށް އެކަމުންވެސް ރައްޔިތުންނަށް މަކަރާއި ހީލަތް ހަދާފައިވާތީ
- މޯލްޑިވްސް ގޭސް އިން ޕޭޕާ ކުންފުންޏަކަށް އެތައް މިލިއަނެއް ދީ، ގޭސް ނުގެނެވި އެ ފައިސާ އިން ވައްކަން ކުރުން
- ފަޒުލްގެ ގެއިން 1.69 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ފެނުމުންވެސް އޭނާ އާއި ގުޅޭ އެއްވެސް މައްސަލަ އެއް ނުބަލާތީވެ
- 5 މިލިއަން ގަސް އިންދަނީ ކަމަށް ވަލުން ގަސް އުފުރައިގެން އިންދައި އެކަމުން ވެސް ވައްކަން ކުރަމުން ދާތީ
- އާސަންދަ ބަޖެޓުން މުއިއްޒުގެ ޓީވީ ހުންނަ އިމާރާތް އިންޓީރިއާ ހަދައި، އަދި ކުލި ދައްކާފައިވާތީ
- އައްޑޫ އާއި ރާއްޖޭގެ ގިނަ ސަރަހައްދު ތަކަށް ކަރަންޓުގެ ޚިދުމަތް ރަނގަޅަށް ނުދެވޭތީ
- ވިނަރެސް ފްލެޓް އެޅި ޗައިނާ ކުންފުންޏަށް އުސޫލުން ބޭރުން ނުގަވާއިދުން 138 މިލިއަން ރުފިޔާ މުއިއްޒަށް ރިޝްވަތު ލިބޭހެން ދީފައިވާތީ
މިއީ 100 ސަބެބެވެ. މިފަދަ 1000 ސަބަބުވެސް ހާމަ ކޮށް ދެވިދާނެއެވެ. ޙަޤީގަތަކީ މިރޭގެ މުޒާހަރާ އަށް ނުނިކުމެ، ގޭގައި އޮތުމުގެ އެއްވެސް އުޒުރެއް އެއްވެސް ފަރާތަކަށް ނެތް ކަމެވެ. ހައްތަހާވެސް ނުކުންނަންވީ ސަބަބުތަކެވެ. މިއީ ޤައުމީ ކަމެކެވެ. ޤައުމީ ވާޖިބެކެވެ. މި ވާޖިބު އަދާކޮށް މި ސަރުކާރު ކުޑަ ކަކޫ މައްޗަށް ތިރިކޮށް ރައްޔިތުންގެ ބާރުވެރިކަން އަނބުރާ ގެންނާށެވެ.






