މުއިއްޒު ސުޕްރީމް ކޯޓު ބިލް އަނބުރާ ފޮނުވާލުމުގައި އޮތީ މަކަރާއި ހީލަތެވެ. ވެގެން އުޅޭ ގޮތް ރާއްޖޭގެ ކުދި ބޮޑު އެންމެންނަށް އެނގެއެވެ. މުއިއްޒުގެ މަކަރާއި ހީލަތް ނޭނގޭ ކަމަށް ހީކޮށް، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރިއަސް ދިވެހިންނަކީ މޮޔައިންތަކެއް ނޫނެވެ.
ޖުޑިޝަލް ށަރވިސް ކޮމިޝަން (ޖޭސީސީ)ގެ ޑްރާމާ ނިމިގެންދާ އިރު، މުއިއްޒު ބޭނުންވާ ހުރިހާ ފަނޑިޔާރުން ވަކި ކުރެވޭނެ ކަމުގެ ޔަގީން ކަން ޖޭއެސްސީ އަށް މުއިއްޒު އައްޔަން ކުރި ޔަޒްމީދު ވަނީ މުއިއްޒު އަށް ދީފައެވެ. ޔަޒްމީދު އަކީ ކުރީގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރި ފަރާތެކެވެ. އެއީ މުއިއްޒު އަތުން ފައިސާ ނަގައިގެން މުއިއްޒު އާއި ގުޅުން ހުރި މައްސަލަތައް މުއިއްޒު ބޭނުން ގޮތަކަށް އެންޓި-ކޮރަޕްޝަން ތެރޭގައި އޭރު ހިންގައިދިން އަނިޔާވެރި އިންތިހާއަށް ކޮރަޕްޓު evil ފަރާތެވެ. އެއްވެސް ޤަނޫނީ އިލްމެއް އޭނާގެ ނެތަސް އޭނާ އެމަގާމަށް މުއިއްޒު އައްޔަން ކޮށްފައިވަނީ މުއިއްޒު ބޭނުންވާ ނަތީޖާ ކޮންމެ ގޮތެއް ހަދާފަވެސް ނެރޭނެ ކަމުގެ ޔަގީން ކަން ދިނުމުންނެވެ. ފަނޑިޔާރުން ކަނޑާ ކޮމިޓީގެ ޗެއަރ އަކީ އޭނާއެވެ. އޭނާ އެ ކޮމިޓީ ހިންގަމުން ދަނީ ޤާނޫނާއި ޚިލާފަށެވެ.
ނަމަވެސް، އެއްވެސް ކަމެއް މެދުވެރިވެގެން، ޖޭއެސްސީއަށް ފަނޑިޔާރުންތައް ބޭއިންސާފުން ވަކި ނުކުރެވިއްޖެ ނަމަ، މުއިއްޒު މިއަދު އެ ފޮނުވާލި ބިލު ދެވަނަ ފަހަރަށް މުޢިއްޒަށް ފޮނުވުމަށް، މަޖިލީހަށް އޭނާ އެދޭނެއެވެ.
ޤާނޫނުގެ ދަށުން، ދެވަނަ ފަހަރަށް އެއް ބިލެއް މަޖިލީހުން ފޮނުވައިފިނަމަ، ރައީސް އެބިލުގައި ސޮއިކުރަން މަޖުބޫރުވާނެއެވެ. ޤާނޫނީ ގޮތުން އެކަމަށް އިތުރު ޗޮއިސެއް ނޯންނާނެއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ކުޑަކުރުމަށް ބިލެއް އެކުލަވާލަން މުއިއްޒު ނޭދޭ ކަމަށް ބުނެ ދޮގު ހަދަން މުއިއްޒަށް ފުރުޞަތު ލިބޭނެއެވެ. އަދި ފުރަތަމަ ފަހަރު ރަސްމީކޮށް ފޮނުވިއިރު އޭނާ އެ ބިލް އަނބުރާ ފޮނުވާލީކަމަށާއި މިހާރު ސޮއެ ކުރަން މިޖެހުނީ އެހެން ގޮތެއް ނެތީމައޭ ކިޔައި، ބިލުގައި ގޯސް ހަދާފައިވަނީ އޭނާ ނޫން ކަމަށާއި، މަޖިލީސް މެމްބަރުން ކަމަށް ބުނެ، އެ އިލްޒާމް ޕީއެންސީގެ މަޖިލީސް މެމްބަރުންގެ ބޮލުގައި އަޅުވާނެއެވެ.
ދޮގެއް މަކަރެއް ރައްޔިތުންނަށް ހެދޭނެ ހަމަ އެއް ގޮތެއް އޮއްވާ، އެނޫން ގޮތަކަށް މުއިއްޒު އަމަލެއް ހަމަ ހިލާ ނުކުރާނެއެވެ. މުއިއްޒަކީ ނަފްސާނީ ފަރުވާ ބޭނުންވާ ވެރިކަމަށް ނާގާބިލު، ނަފްސާނީ ގޮތުން ބަލި މީހެކެވެ.






