ކަޝްމީރުގައި ހިނގި ބޮޑު ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަލަބޮލިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނުގެ ރޭލްވޭ މިނިސްޓަރ ހަނީފް އައްބާސީ ވަނީ ނުރައްކާތެރި ވާހަކަތަކެއް ދައްކާފައެވެ.
އައްބާސީ ބުނެފައިވަނީ އެޤައުމުގެ 130 އަށްވުރެ ގިނަ ނިއުކްލިއަރ މިސައިލްތަކުގެ އަމާޒަކީ “ހަމައެކަނި އިންޑިއާ” ކަމަށެވެ. އޭނާ ބުނެފައިވަނީ މިއީ “މޮޑެލެއްގެ ގޮތުގައި ބަހައްޓާފައި ހުރި އެއްޗެއް ނޫން” ކަމަށެވެ.
އިންޑިއާގެ ކަނޑު ސިފައިން ވަނީ މި ޙާލަތުގައި މިސައިލްތައް ޓެސްޓްކޮށް، ދުރު ހިސާބަށް ހަމަލާދިނުމުގެ ޤާބިލުކަން ސާބިތުކޮށް ދައްކާފައެވެ.
ކަޝްމީރުގައި ހަމަލާ ދިން ޓެރަރިސްޓުން 26 އާންމުން މަރާލާފައިވަނީ ޚާއްޞަކޮށް އިންޑިޔާ ފިރިހެނުންނަށް އަމާޒުކޮށްގެންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހަމަލާއަށް “ހަރުކަށި ޖަވާބެއް” ދޭނެކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނު ޓެރަރިސްޓުން ދިން ހަމަލާގައި މުސްލިމަކުވެސް ވަނީ މަރުވެފައެވެ.
ދެ ޤައުމުންވެސް ވަނީ ޑިޕްލޮމެޓުން ބޭރުކުރުމާއި ވިސާ ދޫކުރުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅާފައެވެ. މިއީ ދެޤައުމުންވެސް ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ހިނދު، ސަރަޙައްދަށް ނުހަނު ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ބިރު އޮތް ކަމެކެވެ.
ޕާކިސްތާނުގައި ހިނގަމުންދަނީ މިލިޓަރީ ބާރުވެރިކަން ބޮޑު ހުދުމުހުތާރު ވެރިކަމެކެވެ.






