ސްވީޑިޝް ޑިފެންސް ކުންފުނި “ސާބް” އިން އިންޑިއާގެ ސިފައިންނަށް އެންމެ ފަހުގެ AT4 އެންޓި-އާމަރ ރޮކެޓް ސިސްޓަމްތަކެއް ފޯރުކޮށްދީފި ކަމަށް އެކުންފުނިން ބުނެފިއެވެ. މިކަން އެކުންފުނިން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހު ފެށޭ އެއަރޯ އިންޑިއާ 2025 ކުރިއަށް އޮއްވައެވެ.
މިއީ 2022 ވަނަ އަހަރު، އިންޑިއާ ސިފައިންގެ ފަރާތުން ސާބްއަށް ލިބުނު އެއްބަސްވުމުގެ ދަށުން މި އާ ވައްތަރުގެ، އެއްފަހަރު ބޭނުންކޮށްލެވޭ، ލުއި، މީހަކަށް އުފުލޭވަރުގެ ރޮކެޓް ލޯންޗަރތައް ތަކެކެވެ. މިއީ އިންޑިއާގެ އެއަރ ފޯސްއިންވެސް ބޭނުން ކުރާނެ ހަތިޔާރެކެވެ.
މިއީ 100 އިންސައްތަ ބޭރުގެ އިންވެސްޓްމަންޓްގެ ދަށުން ޑިފެންސް ދާއިރާގައި އިންޑިއާގައި ފެށޭ ފުރަތަމަ ޕްރޮޖެކްޓެވެ.






