ޓައިވާނުގެ މާލި ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ ޗައިނާގައި އުފައްދާ ބިއަރު އަދި ބައެއް ކަހަލަ ދަނގަޑަށް ޖުލައި 3 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް އެންޓި-ޑަމްޕިންގ ޑިއުޓީ ތަޢާރަފްކުރާނެ ކަމަށެވެ. ޓައިވާނުގެ ޞިނާޢަތަށް ލިބޭ ބޮޑެތި ގެއްލުންތަކަށް ހަވާލާދީ މިކަން ކުރާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ. 4 މަސްދުވަހަށް ޑިއުޓީ ކަނޑައަޅާފައި ވަނީ ޗައިނާއިން ގަސްތުގައި ޓައިވާނަށް ގެއްލުން ދިނުމަށް މި މުދާތައް އެގައުމަށް އެތެރެކުރާ ކަމަށް ތުހުމަތު ކޮށް އެކަން ތަހުގީގު ކުރުމުގެ ބޭނުމުގައެވެ.
ޗައިނާގައި އުފައްދާފައިވާ ބިއަރުއަށް ޑިއުޓީގެ ގޮތުގައި %64.14 އަށް ވުރެ އިތުރު ނުވާ ގޮތަށް އަދި ދަގަނޑަށް %20.15 އަށް ވުރެ އިތުރު ނުވާ ގޮތަށް ނަގާނެ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
“މި އުފެއްދުންތަކުން ޤައުމުގެ ޞިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ތަޙްޤީޤު ކުރިއަށްދާ މުއްދަތުގައި ޞިނާޢަތަށް އިތުރު ގެއްލުން ލިބުން ހުއްޓުވުމަށްޓަކައި، މި އުފެއްދުންތަކަށް ވަގުތީ އެންޓި-ޑަމްޕިންގ ޑިއުޓީ ނެގޭނެއެވެ،” މާލިއްޔާ ވުޒާރާއިން ބުނެފައިވެއެވެ.
ޗައިނާގެ ވިޔަފާރީގެ ވުޒާރާއިން މިކަމާ ގުޅޭގޮތުން ކޮމެންޓަކަށް އެދުނު ނަމަވެސް ބައިނަލްއަގުވާމީ މީޑިޔާއަށް، ޖަވާބެއް ދީފައެއް ނުވެއެވެ.
ޗައިނާއިން ކުރިން ވެސް ޓައިވާނުގައި އުފައްދާ ބައެއް އުފެއްދުންތަކަށް އެންޓި-ޑަމްޕިންގ ޑިއުޓީ ތަޢާރަފްކޮށްފައިވެއެވެ. މީގެ ތެރޭގައި ޕީއޯއެމް ކޮޕޮލިމާސް (އިންޖިނިއަރިންގ ޕްލާސްޓިކްގެ ބާވަތެއް) ހިމެނޭ ގޮތަށް، ފާއިތުވި މަހު ތަޢާރަފްކުރި ޑިއުޓީތައް ހިމެނެއެވެ.






