މުއިއްޒު މާލޭ ސިޓީ ކައުންސިލްގައި ހުރެ އެތައް ޖަރީމާއެއް ހިންގިކަން ސާފުކޮށް އެގެން ހުރިއިރުވެސް، އާދަމް އާޒިމް ގެންދަނީ މުއިއްޒުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރުމަށް ހުރަސް އަޅަމުން

މުއިއްޒުގެ އަމުރަށް އެމްޑީޕީގެ އިސްވެރިންގެ މައްޗަށް ނުހައްގުން ތަހުގީގު ހިންގާ ނުހައްގުން އެތައް ބަޔަކު ޖަލަށް ލަމުންދާއިރުވެސް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުރެ މުއިއްޒު ހިންގާފައިވާ އެތައް ޖަރީމާއެއްގައި އަތް އަޅާ، އެ މައްސަލަތަކުގެ ތަހުގީގު ހިންގުމަށް މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި އެމްޑީޕީގެ ސްލޮޓުގައި ހުރި އާދަމް އާޒިމް ހުރަސް އަޅަމުންދާތީ އޭނާއަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

ނޮވެމްބަރު 17 ގައި އެމްޑީޕީން ބޭއްވުމަށް ހަމަޖައްސާފައިވާ މުޒާހިރާއަށް ހުރަސް އެޅުމުގެ ބޭނުމުގައި، މުއިއްޒުގެ އަމުރަށް އޭސީސީން ދަނީ އެމްީޑީޕީގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭސީސީއަށް ހާޒިރު ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަންއާއި ކުރީގެ ބަންޑާރަނައިބު ރިއްފަތުގެ އިތުރުން އެމްޑީޕީގެ ބައެއް ވަޒީރުންވެސް ހިމެނެއެވެ.

ސިޔާސީ ވިސްނުމުގައި މުއިއްޒު އެމްޑީޕީގެ އިސްވެރިން އޭސީސީއަށް ހާޒިރު ކުރަމުންދާއިރު ޚުދު މުއިއްޒުގެ އެތައް މައްސަލައެއް މިހާރުވެސް ހުރީ އޭސީސީގައެވެ. އަދި މާލޭގެ މޭޔަރުކަމުގައި ހުންނަވާ، ހިތުހުރި ގޮތަކަށް މާލޭގެ ބިންތައް ނުއަގުގައި މުއިއްޒު ބޭނުންވާ ބަޔަކަށް ދިނުމުގެ އިތުރުންވެސް ކޮރަޕްޝަންގެ އެތައް ޖަރީމާއެއް މުއިއްޒު ހިންގާފައިވާކަން ސާފުކޮށް އެނގެން އެބަހުއްޓެވެ. އެނގިފައިވާ ގޮތުގައި އާދަމް އާޒިމް ގެންދަނީ މީގެ ތެރެއިން އެއްވެސް މައްސަލައެއްގެ ތަހުގީގުވެސް ކުޑަމިނުން ހިންގުމަށް ހުރަސް އަޅަމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މުއިއްޒު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގީ އިދާރާތަކަށް ފޮނުވުމުގެ ހުރިހާ ބާރެއްވެސް މާލޭ ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައި އޮވެމެ، މިމައްސަލަތައް ތަހުގީގު ކުރުމަށް ހުރަޅަމުން ދަނީ އާދަމް އާޒިމް ކަމަށާއި، އޭނާ ހުންނެވީ “ވަގަށް” މުއިއްޒުއަށް ބައިއަތު ހިފައިގެންނެވެ.

އޭގެ އިތުރުންވެސް، އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު ބޭނުންވާ ވަރަށް ކޮރަޕްޝަންގެ ފައިސާ ހަމާކުރުމަށް، މުއިއްޒު ވަނީ ކާނަލް ނާޒިމްއަށް، 1.1 ބިލިއަން ރުފިޔާއަށް، 55 ކައުްނސިލެއްގެ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. މި ބޮޑު ކޮރަޕްޝަންގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ ގޮތުގައި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މޭޔަރު ކަމުގައި ހުރި އާދަމް އާޒިމް ހުރިކަމީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ. އަދި މިއީ، ފެށުނީއްސުރެ މިއަދާއި ހަމއަށްވެސް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީއަށް އޮތް ބޮޑު ލަދެއްގެ ގޮތުގައިވެސް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.