7000 މީޓަރު ކަނޑު އަޑީގައި ގޮތް ނޭނގޭ އާލާތްތަކެއް ހަރުކުރަން ޗައިނާގެ މިލިޓަރީ ބޯޓެއް ރާއްޖެ އަންނަން މިސްރާބު ޖަހައިފިއެވެ.
ޗައިނާގެ ފުންކަނޑުގެ ދިރާސާ އުޅަނދު “ޝެން ހައި ޔީ ހާއޯ” މިވަގުތު އިންޑިޔޤ ކަނޑަށް ދަތުރުކުރަމުން ދަނީ، އެ އުޅަނދުގެ މަންޒިލަކީ ދިވެހިރާއްޖޭގެ މާލެކަމަށް ބުނެއެވެ. މި ބޯޓުގައި 7000 މީޓަރުގެ ފުންމިނަށް ފީނުމުގެ ޤާބިލުކަން ލިބިފައިވާ ފުންކަނޑުގެ އަޑިއަށް ދަތުރުކުރާ އުޅަނދެއް ހިމެނިފައިވެއެވެ.
މި އުޅަދުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކަނޑު އަޑީގައި ގޮތް ނޭނގޭ އާލާތްތަކެއް ހަރު ކުރުމެވެ.
މިކަން ކުރަނީ ޗައިނާއިން މުއިއްޒުއަށް މިލިއަނުން ފައިސާ ދީގެންނެވެ. ރާއްޖޭގެ ކަނޑުގައި މި އުޅަދުން ހަރުކުރަނީ ކޯއްޗެއްކަން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އެނގިފައެއް ނުވެއެވެ.
ރާއްޖޭގެ އިސްތިޤްލާލު މުއިއްޒު ވަނީ ޗައިނާއާއި ތުރުކީއަށް ވިއްކާލާފައެވެ. ރާއްޖޭގެ ކަނޑުގެ އަޑީގައި މިފަދަ އާލާތްތައް ހަރުކުރުމަކީ ސަރަހައްދުގައި ޗައިނާގެ ބާރުގަދަކޮށް ދިވެހިރާއްޖެ ސަރަހައްދީ ހަމަނުޖެހުމަކަށް ހުޅުވާލާ ކަމެކެވެ.






