މިމަހުގެ 2 ވަނަ ދުވަހު މެންދުރު މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖެހުނު ހާދިސާއެއްގައި ދިވެއްސަކާ ބިދޭސީއެއްގެ ފުރާނަ ގެއްލި، އެ ހާދިސާއާއި ގުޅޭގޮތުން ޓުވީޓު ކުރަން މުއިއްޒުއަށް ހަނދާވީ ސޯސަލް މީޑިއާގައި މީހުންގެ ފާޑިކިއުން އަމާޒުވެ، ހާދިސާ ހިނގިތާ 2 ދުވަސް ފަހުންނެވެ. މި ހާދިސާއާއި ހިނގިތާ 2 ދުވަސް ފާއިތުވެ ދިޔައިރު ދިވެއްސެއްގެ ފުރާނަ ގެއްލި އެކަމުގެ ކަންބޮޑުވުން މުއިއްޒު ފާޅު ނުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައި ވެއެވެ.
އެހެންނަމަވެސް މިއަދު އެހާދިސާއާއި ގުޅޭގޮތުން ކުރި އެކްސް ޕޯސްޓެއްގައި މުއިއްޒު ވަނީ ހާދިސާއާއި ގުޅޭގޮތުން ހިތާމަ ކުރާކަމަށް ވިދާޅުވެފައެވެ. މި ހާދިސާއާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހާދިސާ ހިނގިތާ ދެދުވަސް ފާއިތުވެދިޔަ ނަމަވެސް މުއިއްޒުވަނީ ސިޔާސީ ކަންކަމާއި ގުޅޭގޮތުން އެކްސް ޕޯސްޓުތައް ކުރައްވަމުން ގެންދަވާފައެވެ.
އެމްޕީއެލްއިން ބުނެފައިޗަނީ މިހާދިސާއާއި ގުޅޭ ތަހުގީގު އެކުންފުނިން ފަށާފައިވާ ކަމުގައެވެ.
ހާދިސާ ހިނގީ މިމަހުގެ 2 ވަނަ ދުވަހުގެ މެންދުރު 3:44 ހާކަން އިރުއެވެ. މި އުޅަނދުން 6 މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު، ނިޔާވި ދެ މީހުންނަކީ އެމްޕީއެލްގެ ލޭބަރަރުންގެ މަގާމުގައި ތިބި މުވައްޒަފުންނެވެ. އިއްޔެ މެންދުރު ނިޔާވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހުސައިން އަދި ރޭގެ ދަންވަރު ނިޔާވީ އަލީ އަފްލާހް އަބްދުﷲއެވެ.
އެމްޕީއެލްއިން އާންމުކުރި ބަޔާނެއްގައި ބުނީ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު އެތެރޭ ތަހުގީގު ކުރިއަށްދާ ކަމަށާއި، ތަހުގީގުން އެނގޭ މަޢުލޫމާތު އާންމުކުރާނެ ކަމަށެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ، ސިޔާސީ ފައިދާއެއް ހާސިލް ނުކުރެވޭ ޒާތުގެ ކަންކަމުގައި، އެއީ ދިވެއްސެއްގެ ފުރާނައަށް ގެއްލުން ވާފަދަ ކަމެއް ނަމަވެސް އެއްވެސް އަޅާލުމެއް ނުގެންގުޅުއްވާ ރައީސެއްގެ ގޮތުގައެވެ.






