މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން އެ މަނިކުފާނު “ހަޑިވެ، ބަދުނާމު ވެއްޖެ” ކަމަށާއި އެހެންވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އަސްމާއްތަ ވަނީ ކަން ހިނގިގޮތް ހާމަކޮށް ވަކިން ބަޔާނެއް ދާދި ރޭގައި ނެރެފައެވެ. ބަޔާން ނެރެން ޖެހުނީ ރައީސް މުއިއްޒުގެ މަޖުބޫރުގެ ސަބަބުންނެވެ.
މުއިއްޒުގެ ރުންކުރު ކަމާއި ރުޅިގަދަ ކަމުގެ ވާހަކަ ޕީއެންސީ މެމްބަރުން ހާމަކުރެއެވެ.






