އީސީގެ ރައީސް އާއި މުއިއްޒު ބައްދަލު ކުރީ ވޯޓު އޮޅުވާލުމަށް މަޝްވަރާ ކުރުމަށް ކަމަށް އީސީގެ ރައީސްގެ ގާތް ފަަރާތަކުން ދިޔަވަރު އަށް މައުލޫމާތު ދެއްވައިފިއެވެ.
މި ސިއްރު ބައްދަލުވުމާއި ގުޅެ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އީސީގެ ރައީސް ޒާހިދު ހާމަ ކުރި ވާހަކަ ތައް ތިރީގައި މި ވަނީ އެވެ.
“އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބުގެ ވޯޓުލުން އެކަންޏެއް ނޫން. މި ރާއްޖޭގެ މި ޑިމޮކްރެޓިކް ވެއްޓާއި ޑިމޮކްރަސީގެ ހަމަތަކާއި ވޯޓު ލާން މިޖެހެނީ ކީއްވެގެން ކަމާއި. ވޯޓު ލައިގެން ނުކުންނަން ބޭނުންވާ ނަތީޖާއަކީ ކޮބައިކަމާއި މެދު ހޭލުންތެރިކުރުވުން،” ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ދެން އޮންނަ ބޮޑު އިންތިހާބަކާއި ދެމެދު މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އެ މަސައްކަތްތައް ރާވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެވެ.
“އެ މުއްދަތު ގެ ތެރޭގަ އަޅުގަނޑުމެންގެ ފޯކަސް އެ ދިމާލަށް ފޯކަސްކޮށް ރައްޔިތުން އެކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް. ތަންކޮޅެއް ސްޓްރެޓެޖިކްކޮށް ރާވާލައިގެން ކުރިއަށް ގެންދަންވެގެން އެކަމަށް އަޅުގަނޑުމެންނަށް ބޭނުންވާ ރިސޯސަސް ހޯދިގެންތާ އެކަން ވާނީ. އެ ސަޕޯޓު ލިބިގެންތާ އެކަން ވާނީ. އެހެންވީމަ އެކަމަށްޓަކައި ދިޔައީ،” ޒާހިދު ވިދާޅުވި އެވެ.
ނަމަވެސް މުއިއްޒުގެ ސަރުކާރަކީ މިވަގުތު ޑިމޮކްރެޓިކް ސަރުކާރެއް ނޫނެވެ. ޑިމޮކްރެޓިކް ނިޒާމުން ބާރު ލިބިދޭ އެންމެހާ ޤާނޫނުތައް ބަދަލުކޮށް ޑިމޮކްރެޓިކް މުއައްސަސާތަކުގެ މައްޗަށް ވެރިވެގަނެގެން މުއިއްޒު އިންނެވި އިރު މިފަދަ ކަމަކާއި މުއިއްޒު މަޝްވަރާ ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ.
ގިނަ ބަޔަކު 2028 ގެ އިންތިހާބު މުއިއްޒު ލަސްކޮށް، ދިގު ދަންމާލާނެ ކަމަށް ޤަބޫލު ކުރެވެއެވެ. މަޖިލީހުގެ މުއިއްޒުގެ ބައެއް މެމްބަރުންވެސް ވަނީ މިކަމަށް ގޮވާލާފައެވެ. އަދި ދާދި ފަހުން ބޭއްވި ޓައުން ހޯލް މީޓިންގ އެއްގައި މީހަކު ލައްވައި ދައުރު ދަންމާލަން ފައިސާ ދީގެން މުއިއްޒު ވަނީ ވާހަކަ ދައްކުވާފައެވެ. ރައީސް މުއިއްޒު މަޝްވަރާ ކުރަމުން ދަނީ ވޯޓުން ވައްކަން ކުރެވޭނެ ގޮތްގޮތް ހޯދުމަށެވެ އަދި އީސީ ގައި ހުރި އެންމެ ފަހުގެ މީހުންގެ މައުލޫމާތު ޕީއެންސީއަށް ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ހަދާން އާކޮށްލަން ޖެހޭ މުހިންމެ އެއް ކަމަކީ އީސީ އަކީ މިހާރު މިނިވަން މުއައްސަސާއެއް ނޫންކަމެކެވެ. އީސީގެ ޤާނޫނު މަޖިލީހުން ބަދަލުކޮށް އީސީގެ އެންމެ އިސްފަރާތަކީ މުއިއްޒު ކަމަށް ވަނީ ނިންމާފައެވެ. ވޯޓު ކުރިއަށް ދާ ވަގުތުވެސް އީސީގެ ރައީސް އާއި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު މުއިއްޒަށް މިހާރު ލިބިގެންވެއެވެ.






