ކޮރަޕްޝަންގެ އެތައް ތުހުމަތެއް އޮތް، ސްޓެލްކޯގެ ކުރީގެ އެމްޑީ ފަހުމީ އަލުން އެމަގާމަށް އައްޔަން ކުރަން މުއިއްޒު ނިންމަވާފައިވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަހުމީ އަނެއްކާވެސް ސްޓެލްކޯގެ އެމްޑީކަމަށް އައްޔަން ކުރަން ނިންމެވީ، ސްޓެލްކޯ ތެރެއިން ކޮރަޕްޝަންގެ މުއާމަލާތްތައް ހިންގެވުމުގައި މުއިއްޒުއަށް އެއަށްވުރެ އިތުބާރުކުރެވޭ އެހެން ފަރާތެއް މިވަގުތު ސަރުކާރުގެ ތެރޭގައި ނެތިގެންނެނެވެ.
މުއިއްޒު ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރިތާ 5 މަސް ނުވަނީ ސަމާހު އެމަގާމުން ވަކިކޮށްފައެވެ. އޭނާ ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވަނީވެސް، މިފްކޯގެ އެމްޑީގެ މަގާމްގައި ހުރެ އޭނާ ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގިކަން ސާބިތުވެ ޕީސީބީން އޭނާ އެކުންފުނީގެ އެމްޑީގެ މަގާމުން ސަސްޕެންޑްކޮށް އަދި މަގާމުންވެސް ވަކި ކޮށްފައި ވަނިކޮށްވެ.
ފަހުމީ އަލުން ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރާއިރު އޭނާއަކީ ސްޓެލްކޯގައި މީގެ ކުރިން އެކުންފުނީގެ ތެރެއިން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާ، ކޮރަޕްޝަންގެ އެތައް ތުހުމަތެއް އޭނާގެ މައްޗަށް އޮތް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ސްޓެލްކޯގެ އެމްޑީ ކަމުގައިހުރެ ފަހުމީ އަބަދުވެސް ފަހުރުވެރި ކަމާއެކު ބުނަމުން ގޮސްފައިވަނީ ތިމަންނާއަކީ ރާއްޖޭގެ ރައީސް އައްޔަން ކޮށްފައިވާ މީހެއް ކަމަށެވެ. އެހެން ކަމުން ޖަވާބު ދާރީވާންވެސް ޖެހޭނީ ރައީސަށް އެކަނި އޭނާ އޭރުވެސް ދިޔައީ ބުނަމުންނެވެ. އަދި ކޮންމެ ކަމެއްވެސް ކުރަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންކަމަށް އޭނާ އޭރު ބުނަމުން ގޮސްފައި ވެއެވެ. އެހެންކަމުން ފަހުމީ ކުރަމުން ދިޔަ ވައްކަމާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމާއި ދެމުންދާ އަނިޔާ ސީދާ މުވައްޒަފުންވެސް އޭރު ގުޅުވާފައިވަނީ ރައީސް ޑރ. މުއިއްޒުއާއި އެވެ. އަދި ކަން ހިނގި މަގަކީވެސް އެއީއެވެ. ފަހުމީ މެދުވެރިކޮށް މުއިއްޒުވަނީ އެކުންފުނި ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ހަދާފައެވެ.
އޭރު ފަހު ފަހުމީ އެމްޑީކަމުން ވަކިކޮށްފައިވަނީ އާންމު ރައްޔިތުންގެ ޕްރެޝަރު ބޮޑު ވެގެންނެވެ.






