ބަނގުރޫޓު ވުމުން އައިއެމްއެފް އިން ދޭ ޕްރޮގްރާމަށް ނުވަނުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައިފި

ކްލައިމެޓް ވެލްނަރަބަލް ފޯރަމްގައި ހިމެނޭ ޤައުމުތަކުން، އައިއެމްއެފް އިން ބަނގުރޫޓުވުމުން އެދޭ ޕްރޮގްރާމަށް ނުވަނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދު ސެކްރެޓަރީއެއް ގޮތުގައި އިންނެވި، ސީވީއެފް އިން، ޚަރަދު ކުޑަކުރުމަށް ޓެކްނިކަލް ސަޕޯޓް މެމްބަރު ޤައުމުތަކަށް ދަރަނި ކުޑަ ކުރުމަށް ދޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފިއެވެ.

ރާއްޖެ ބަނގުރޫޓުވެ، އައިއެމްއެފް ޕްރޮގްރާމަށް ވަނުމަށް މަޝްވަރާ ކުރަމުންދާއިރު، ކުރިއަށް އޮތްތާގައި ރާއްޖޭގެ ފައިސާގެ އަގު 25ރ އަށް ވެއްޓޭނެ ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގެ މާލީ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވަނީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގޯހުން ގޯހަށް ގޮސް، ބޭރު ދުނިޔޭގައި ރާއްޖެއާއި މެދު އޮތް އިހްތިރާމާއި، އިތުބާރު ގެއްލުމުންނެވެ.