މަޖޫ އާއި އާމިރާ، ޔޫތް މިނިސްޓްރީގެ ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރުން ގޮތުގައި މުއިއްޒު އައްޔަން ކޮށްފި. އަދިވެސް މަސްވެރިންނަށް ފައިސާ ނުދޭ!

މަޖޫ އާއި އާމިރާ، ޔޫތް މިނިސްޓްރީގެ ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރުން ގޮތުގައި މުއިއްޒު އައްޔަން ކޮށްފިއެވެ. އަދި މިއިން ކޮންމެ މީހަކަށް މަހެއްގެ މައްޗަށް 30،000ރ މުސާރައާއި އެކި އިނާއަތް ތަކުގެ ގޮތުގައި ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ސިޔާސީ ވަޒީފާތައް 1500 އަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރުން ދަނީ އަސްލު އަދަދު ތައް ހާމަ ކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި މީގެ ތެރޭގައި 303 މީހުންނަކީ މިނިސްޓަރުން ފެންވަރުގެ ބޮޑު މުސާރަ ދޭ މަގާމުތަކެވެ. މި މަޤާމުތަކަށް ސަރުކާރުން އެތައް މިލިއަނެއް ކޮންމެ މަހަކުވެސް ހޭދަ ކުރެއެވެ.

ފާއިތުވި ސަރުކާރުން ޒުވާނުންނަށް ގިނަގުނަ ކަންކަން ކޮށްދީފައިވަނީ ފިލްމު ކުޅޭ ދުވަސްވީ މީހުން ތަކަކަށް ޔޫތް މިނިސްޓްރީއިން ސިޔާސީ މަގާމުތަކެއް ދީގެން ނޫނެވެ.

ސަރުކާރުގެ ޚަރަދު ތައް ކުޑަ ކުރުމަށް، އައިއެމްއިފް އިން ގޮވާލާފައިވާ މި ދުވަސް ވަރުގައި، ސަރުކާރުން ދަނީ ބޮޑު މުސާރާގައި ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންނެވެ.

ސިޔާސީ މަގާމުތަކަށް މީހުން ނަގަމުން ދާއިރު، ސަރުކާރުން މަސްވެރިންނާއި، އެކި ފަރާތްތަކަށް ދޭން ހުރި ފައިސާ ނުދީ ދަނީ ސިޔާސީ މީހުންގެ މުސާރަ އެއިން ހަމަޖައްސަމުންނެވެ.