އެމްޑީޕީގެ ވޯޓު ބައިބައި ކޮށް، ޕީއެންސީއަށް ގޮނޑި ދިނުމަށް ސަނީފް ނެރޭ ކެންޑިޑޭޓު އަލްސަން އަށް، ކެމްޕެއިން ފައިސާ ހޯދަން ސަނީފް މުއިއްޒު އާއި ރޭ ބައްދަލު ކޮށްފި

އެމްޑީޕީއިން ނެރޭ ވޯޓު ބައިބައި ކޮށް، ޕީއެންސީ ކެނޑިޑޭޓަށް ގޮނޑި ދިނުމަށް ސަނީފް (ސަންނަ) ނެރޭ ކެންޑިޑޭޓު އަލްސަން އަށް، ކެމްޕެއިން ފައިސާ ހޯދުމަށް މުއިއްޒު އާއި ރޭ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމުގެ ކުރިން ސަނީފް ވަނީ މުއިއްޒުގެ އަރިސް ފަރާތެއް ކަމުގައިވާ ވެމްކޯ އެމްޑީއާއި ބައްދަލު ކޮށްފައެވެ. މި ބައްދަލުވުމުގެ ވީޑިޔޯއެއް މިހާރު ވަނީ ސޯޝަލް މީޑިޔާގައި އާންމު ވެފައެވެ.

މި ވީޑިޔޯއިން ފެންނަނީ، އިންތިހާބުގެ ކަންކަމާއި މަޝްވަރާ ކުރުމަށް ތިނަދޫ ދެކުނު ދާއިރާ މެމްބަރު ސަނީފް (ސަންނަ), ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް (މުޖޭ) އާއި ބައްދަލުކޮށް އެ މަޝްވަރާ ތައް ކުރިއަށް ގެންދާ މަންޒަރެވެ. މުޖޭ އަކީ ޕީއެންސީގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާއަށް ނުކުންނަ ކެންޑިޑޭޓުގެ ބޭބެ ކަމަށް ތިނަދޫ އިން މައުލޫމާތު ދެއްވި ސަނީފްގެ އަރިސް ފަރާތެއް ދިޔަވަރު ނޫހަށް ކިޔައި ދެއްވިއެވެ.

މި ބައްދަލުވުމަށްފަހު، ސަނީފް ވަނީ ރޭގެ ވަގުތެއްގައި މުއިއްޒު އާއި ބައްދަލުކޮށްފައި ކަމަށާއި، މުޖްތަބާ ޖަލީލް އަކީ މުއިއްޒުގެ ވަރަށް އަރިސް ފަރާތެއް ކަމަށް މި ބައްދަލުވުމުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން ދިޔަވަރު އަށް މައުލޫމާތު ދެއްވިއެވެ. ސަނީފް މުއިއްޒު އާއި ބައްދަލުކޮށްފައި ވަނީ މުޖްތަބާ ޖަލީލް އާއި އެކީގައެވެ.

ސަނީފް، ވެމްކޯ އެމްޑީއާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމުގެ ވީޑިޔޯ!

ސަނީފުއަށް ރިޝްވަތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ދީފައިވާއިރު، ކެމްޕެއިނަށް އިތުރު ފައިސާ ހޯދުމަށް ސަނީފް އެދިފައިވާ ކަމަށާއި، 4 މިލިއަން ރުފިޔާ ދީފައިވަނީ، ޕާޓީ ބަދަލު ނުކުރިއަސް ޕީއެންސީ އިން އެދޭ ގޮތަށް މަޖިލީހުގައި ވޯޓު ދޭ ގޮތަށް ކަމަށް އޭނާ ކިޔާދިނެވެ. މި ގޮތުން އިއްޔެ މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި ސަނީފް ވަނީ، ވޯޓު ލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން މަޖިލީހުން ނުކުމެ ވޯޓަށް ފިލާފައެވެ. ސަނީފް ފިލާފައި ވަނީ އިންތިހާބު ލަސްކުރުމަށް ނެގި ވޯޓަށެވެ. މިއީ މުއިއްޒު އަށް މުހިންމު ވޯޓެކެވެ.

ދިޔަވަރު ނޫހަށް ނަން ނުޖަހަން ޝަރުތުކޮށް، އެމްޑީޕީއިން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، އެމްޑީޕީއާއި ދެކޮޅަށް، ޕާޓީއަށް ގެއްލުންދީ، ޕާޓީގެ ވޯޓް ބައިބައި ކުރުމުގެ ބޭނުމުގައި އިންތިހާބު ތަކުގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި ކެނޑިޑޭޓުންނަށް، ސިޔާސީ ގޮތުން އެމްޑީޕީ ތެރެއިން ކުރިއަށް ދިޔުމުގެ ފުރުޞަތެއް ފަހުންވެސް، މިހާރުވެސް ނުލިބޭނޭ ކަމަށެވެ. އެމްޑީޕީގެ ވޯޓު ބައިބައި ކުރުމަށް ސަނީފް ނެރޭ ކެންޑިޑޭޓަކީ އޭނާގެ އަންހެނުންގެ ކޮއްކޮ އެވެ.