އާދޭސް ކުރުމުންވެސް، ބޭސްފަރުވާއަށް ފުރުމަށް ފުރުޞަތު ނުދީ، މުއިއްޒު ސަރުކާރުން ކުޑަ ތުއްތު ކުއްޖަކު މަރާލައިފި

އާދޭސް ކުރުމުންވެސް، ބޭސްފަރުވާއަށް ފުރުމަށް ފުރުޞަތު ނުދީ، މުއިއްޒު ސަރުކާރުން ކުޑަ ކުޑަ ކުއްޖަކު މަރާލައިފިއެވެ. އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ، އޭނާގެ ދަރިފުޅަށް އާސަންދަ ލިޔުން ލިބި އާސަންދަ ހަމަ ޖެހުނު ކަމަށާއި، ނަމަވެސް މޯލްޑިވިއަން އިން ޖާގަ އޮވެ ވެންޓިލޭޓާރ އާއި އެކު އަރުވާތީ، ތައްޔާރީތަކެއް ވާން ޖެހޭ ކަމަށް ބުނެ، އެންމެ އަވަހަށް ވެސް ދަތުރު ކުރަން ފުރުޞަތު ލިބޭނީ 3 ދުވަސް ފަހުން ކަމަށް އަންގާފައި ވާކަމަށާއި، ރޮއެ އާދޭސް ކޮށް، މިވަގުތުގައޭ ބޭބީ، ކިރިޔާ ވެސް ސްޓޭބަލް އީ ފްލައި ކުރުމަށް ވީމާ އެކަން ކޮށްދިނުމަށް ސަރުކާރުގައި އެތައް ފަހަރަކު އާދޭސް ކުރުމުންވެސް އަޅާ ނުލި ކަމަށެވެ.

ނިކަމެއްޗެއްގެ ދަރިއެއް ވީމަ ހަމަ ހަމަޖައްސައި ނުދިނީ. އޭގެ 2 ދެދުވަސް ފަހުން ދަރިފުޅު ދެންމެ އެނިޔާވީ. މާދަން ފުރުން އޮތީ. ހެޔޮވާނީ ކިހިނެއް މިހެން ހަދަން. އެއްތައް ހާލަކުން މީހުން ހޯދާ ދަރިންނަށް. މިއޮތީ ނިޔާވި އިރު ދަރިފުޅު އޮތް ހާލަތް. 💔😭💔💔‎

އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިޔާ ޕޭޖަކަށް ފޮނުވި މެސެޖުގައި ލިޔެފައި ވެއެވެ.

މި ކުޑަ ކުއްޖާއަކީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ބަނޑަށް 6 މަހުގައި އެމެޖެންސީކޮށް ނެގި ކުއްޖެކެވެ. އެހެންކަމުން މޯލްޑިވިއަން އަދި ސަރުކާރަށްވެސް މި ހާލަތުގައި އެމަޖެންސީ ފަރުވާ ބޭނުންވާ ވަރު ސާފުވެފައި ވެއެވެ.

އެންމެ 6 މަހުގައި ނަގަން ޖެހުމުން ކުއްޖާއަށް އެތައް ސިއްހީ މައްސަލަ ތަކެއް ކުރިމަތިވެފައިވާކަން މުއިއްޒުގެ ސަރުކާރަށް އެނގެއެވެ. ލޭގެއެކި މާއްދާތައް މަދުވުމާއި އިންފެކްޝަންގެ ސަބަބުން ދެދުވަހުން އެއްދުވަހު ތުއްތު ކުއްޖާއަށް ލޭ އަޅަންޖެހޭކަންވެސް މުއިއްޒުގެ ސަރުކާރަށް އެނގެއެވެ. އެހާ ތުއްތު އިރުގައި ނަގަން ޖެހުމުގެ ސަބަބުން ކުޑަ ކުއްޖާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައިވާ ކަމާއި، އެމަޖެންސީ ފަރުވާ ބޭނުންވާ ކަން މޯލްޑިވިއަން އަށް އަދި މުއިއްޒުގެ ސަރުކާރަށް ސާފުކޮށް އެނގެއެވެ. އަދި ފުއްޕާމޭގައި އިންފެކްޝަން އުފެދި ފުއްޕާމެއަށް ލޭ އެޅުމުން ދާކަންވެސް، މުއިއްޒުގެ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އެނގެއެވެ. އެކަމުގެ ސަބަބުން ވެންޓިލޭޓާރގެ ހޮޅި އިރުއިރުކޮޅަކާ ބުލޮކްވެ އެ ބަދަލު ކުރަން ވެސް ޖެހެއެވެ. މި ތުއްތު ކުއްޖާ ވިހޭއްސުރެން، ދަތުރު ކުރަން އެދެންދެން އޮތީ ވެންޓިލޭޓާރގައި ކަން އެނގި ހުރެ، ދަތުރަށް އެކަން ތައްޔާރު ކުރުމަށް އިތުރު 3 ދުވަސް ބޭނުންވާކަމަށް މޯލްޑިވިއަން އިން ބުނުމަކީ މުއިއްޒު ސަރުކާރުގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްކަން ހާމަ ވާ ކަމެކެވެ.

މި ކުޑަ ކުއްޖާއަށް ބޭނުންވާ ފަރުވާ މުއިއްޒު ސަރުކާރުން 3 ދުވަހަށް ލަސް ކުރި އިރު ކޮންމެ ދުވަހަކުވެސް އެ ތުއްތު ތުއްތު ދަރިފުޅަށް ނޭވާލާން ދަތިކަމުން ދަރިފުޅު އުޅެން ޖެހެނީ ވަރަށް ވޭނުގައެވެ.

މީގެ އެއް ދުވަސް ކުރިން، އެމަޖެންސީގައި އިންޑިޔާއަށް، ލަންކާއަށް އަދި ތައިލަންޑަށް ދެވޭ ކަމަށް ބުނޭ ޑޭޝް އަށެއްގެ އެމަޖެންސީ ފްލައިޓެއް ތައްޔާރު ކޮށް މުއިއްޒު ވަނީ ރައްޔިތުންނަށް ދައްކަން އޭގެ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ. ނަމަވެސް މިއަދު ހާމަ ވެގެން މިދަނީ މުއިއްޒުގެ މި އަމަލުތަކުގައި ހުރީ ދެއްކުންތެރި ކަން ކަމާއި، ހާލުގައި ޖެހިގެން އެމަޖެންސީ އެހީތެރިކަން ބޭނުންވި އެއްވެސް ފަރާތަކަށް އިހްލާސްތެރި ކަމާއި އެކު އަޅާލައި، އެހީތެރިކަމެއް ފޯރުކޮށް ދީފައި ނުވާކަމެވެ.

މީގެ ކުރިން އިންޑިޔާއިން ދީފައިވާ ޑޯނިޔާ އަދި ހެލިކޮޕްޓަރ ބޭނުން ކުރަން ދެކޮޅު ހަދައި، އައްޑޫއިން ޒުވާން ކުއްޖަކު ގެއްލުވާލައި، ވިލިގިލިން ކުޑަ ކުއްޖަކަށް އެމަޖެންސީގައި ލިބެން ޖެހޭ ފަރުވާ ލަސްކޮށް، މުއިއްޒުގެ ސީދާ އިހުމާލުން 2 ކުއްޖަކު މަރާލާފައި ވެއެވެ.