ޕީއެންސީ ޕްރައިމަރީ އިން ފެއިލްވީމާ، 2 މިލިއަން ރުފިޔާގެ ރިޝްވަތު ހެރިސް އައްލޯ އަށް ދީގެން އަނާރާ “މުއިއްޒު”ގެ ކެނޑިޑޭޓުގެ ގޮތުގައި ނުކުމެއްޖެ! އަނާރާ ގެ W ކޮންސްޓްރަކްޝަން ގެ އިހްމާލުން މަރުވި ކުއްޖާއަށް އަދިވެސް އިންސާފު ނުލިބޭ!

ޕީއެންސީ ޕްރައިމަރީ އިން ފެއިލްވީމާ، 2 މިލިއަން ރުފިޔާގެ ރިޝްވަތު ހެރިސް އައްލޯ އަށް ދީގެން އަނާރާ “މުއިއްޒު”ގެ ކެނޑިޑޭޓުގެ ގޮތުގައި ނުކުމެއްޖެ އެވެ. އަނާރާ ކުރިމަތި ލާފައި ވަނީ ހުރާ ދާއިރާއަށެވެ.

ސަރުކާރުގެ އިސް ފަރާތްތައް ވަނީ އަނާރާގެ ކެމްޕެއިންގައި ދައިރާއަށް ވަޑައިގެން ކެމްޕެއިން ކޮށް ދީފައެވެ. ޑަބްލިއު ކޮންސްޓްރަކްޝަން އަކީ އަނާރާގެ ހިއްސާ އޮތް އޭނާ އާއި އޭނާގެ ފިރިމީހާގެ ކުންފުންޏެކެވެ. ޑަބްލިއު ކޮންސްޓްރަކްޝަންގެ އިގުމާލުން، މަޖީދީ މަގުގައި އެ ކުންފުނިން އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ރައުޝާން ކިޔާ ކުޑަ ކުއްޖަކު މަރުވީ މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެ މައްސަލައިގައި އަނާރާގެ ފިރިކަލުންނާ އެކު ފަސް މީހެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ކުރި ނަމަވެސް، އިހްމާލުން މަރުވި ކުއްޖާއަށް އިންސާފު ލިބިފައި ނުވެއެވެ.

އަނާރާއަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޓް ފައިސާ އިން ފައިސާ ނަގައިގެން 18 ވަނަ މަޖިލީހުގައި ބައެއް ބިލްތަކަށް ވޯޓު ލާފައިވާ ކޮރަޕްޓް ފަރާތެކެވެ.

ޑިމޮކްރެޓިކް އުސޫލުތައް ހުރި މީހެއް ކަމަށް ދެއްކުމަށް ޕްރައިމަރީ ބޭއްވުމަށް ފަހު، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވަނީ މިކަމުގައިވެސް، ކޮރަޕްޝަން ހިންގައި، ފެއިލްވި ކެނޑިޑޭޓުން އަތުން ފައިސާ ނަގައިގެން އެމީހުންނަށް ތާއީދު ކުރަން ފަށާފައެވެ. ހުރާ ދާއިރާގެ އިތުރުން ގިނަ ދާއިރާތަކެއްގެ ފެއިލްވި ކެނޑިޑޭޓުން އަތުން ފައިސާ ނަގައިގެން ސަރުކާރުން އެމީހުންނަށް ދަނީ ތާޢީދު ކުރަމުންނެވެ.