ދިޔަވަރު ނޫހާއި، ކުރުސީއިން ގެނެސްދިން އިންޑިޔާ ދިދައަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އިހްތިރާމް ކުޑަކުރި ކަމުގެ ޚަބަރު ބައިނަލްއަގްވާމީ މީޑިޔާތަކުގެ ފަލަ ސުރުހީތަކަށް

ދިޔަވަރު ނޫހާއި، ކުރުސީއިން ގެނެސްދިން އިންޑިޔާ ދިދައަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އިހްތިރާމް ކުޑަކުރި ކަމުގެ ޚަބަރު ބައިނަލްއަގްވާމީ މީޑިޔާތަކުގެ ފަލަ ސުރުހީތަކަށް އަރައިފިއެވެ. މި ގޮތުން އިންޑިޔާގެ މަޝްހޫރު ނޫސް ވެރިންނާއި، ނޫސްތަކުން އެކަން ފާހަގަ ކޮށް ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ. އަދި ހީނަރު ވެފައިވާ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން މިކަމުގެ ސަބަބުން އިތުރަށް ހީނަރުވެ، އިންޑިޔާ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު މިކަމާއި ހިތްހަމަ ނުޖެހި ޓްވީޓް ކޮށް ހެދިއެވެ.

އިންޑިޔާ ސަރުކާރުގެ އެއްވެސް އޮފިޝަލެއް ރާއްޖެގެ ދިދައަށް ބޭ އިޚްތިރާމް ކޮށްފައި ދުވަހަކުވެސް ނުވެއެވެ. ނަމަވެސް މުއިއްޒާއި އެންމެ އަރިސް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ރޭގައި އިންޑިޔާގެ ދިދަ ބޭނުން ކޮށްގެން އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ބަދަލުކޮށް ހިންގަން އުޅުނު ހުތުރު އަމަލު ވަނީ މުޅި ދުނިޔޭގެ ސަލާމަތަށް އައިސް ފައެވެ. އިންޑިޔާ ދިދަ މިގޮތަށް ބޭނުން ކުރުމަށް އިންޑިޔާ އާއި، އެމްޑީޕީ ގުޅުވައިގެން އަދި ދޭދޭ ޤައުމުތަކުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެމްޑީޕީއަށް ގެލުން ހުރި ގުޅުމެއް ކަމަށް ދެއްކުމަށް މި ޕޯސްޓަރުތައް އެޕްރޫވް ކޮށްފައި ވަނީ ރައީސް އޮފީހުން ކަމަށް ދިޔަވަރަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އިންޑިޔާ ދިދަ މިގޮތަށް ތަފާތު އެކި ގޮތް ގޮތަށް ބަދަލުކޮށްގެން އެމްޑީޕީ ޕޯސްޓަރު ރައީސް އޮފީހުން ހަދާފައިވާކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.

މިގޮތުން އޯޕީ އިންޑިޔާ، އިންޑިއަން އެކްސްޕްރެސް، ބިސްނަސް ޓުޑޭ، ގްލިސްތާން ނިވްސް، އޮންދަޑޮޓް، އާރުޓީ-އިންޑިޔާ (ރަޝިޔާޓީވީ)، ފަދަ ބޮޑެތި މީޑިޔާތަކުން ވަނީ މި ހަބަރު ގެނެސްދީފައެވެ. އިންޑިޔާއާއި އެކު އޮތް ގުޅުން ހީނަރުވެ، ރާއްޖެއަށް އިންޑިޔާއިން އަންނަ ފަތުރުވެރިން، ވަނީ %37 މި އަހަރު މާޗް އާއި ހަމަ އަށް ދަށްވެފައެވެ. އަދި މި ސަރުކާރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 3 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ކުރިމަތި ވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ނޫސް ސަން އޮންލައިން އިން އިންޑަސްޓްރީގެ އިސްފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ރިޕޯޓް ކޮށްފައި ވެއެވެ.