މުލިއާގޭގައި ހުރި ޝަވަރާއި މެދު ސާޖިދާ ހިތްޕުޅާ ނުވެގެން 50,000ރ ގެ ޝަވަރެއް ހަރުކޮށްފި

މުލިއާގޭގައި ހުރި ޝަވަރާއި މެދު ސާޖިދާ ހިތްހަމަ ނުޖެހިގެން 50,000ރ ގެ ޝަވަރެއް ހަރުކޮށްފިއެވެ. މީގެ ކުރިން މުލިޔާގޭގައި ހަރުކޮށްފައި ވާ ފެންވަރާ ޝަވަރަކީ ސިފައިން ހަރުކޮށްފައިވާ ޝަވަރެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ޝަވަރު ބަދަލު ކުރީ، މިއާއި މެދު ފަސްޓްލޭޑީ ސާޖިދާ ހިތްހަމަ ނުޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ލަގްޒަރީ ބްރޭންޑެއްގެ މޮޅު ޝަވަރެއް މިހާރު މުލިޔާގޭގައި ހަރުކޮށްފައި ވަނީ، ސޮނީ ހާޑުވެއަރ މެދުވެރި ކޮށް ރާއްޖެއިން ބޭރުން ގެނެސްގެން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ޝަވަރުުގެ އަގު 50،000 ރުފިޔާ އަށް އަރާކަމަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއްވިއެވެ.

ރައްޔިތުންގެ ފައިސާ އެކި ކަންކަމުގައި މުއިއްޒު ދަނީ އިސްރާފު ކުރައްވަމުންނެވެ.