ކާފަރުންނާއި އެއްކޮޅަށް ލާދީނީ މުއިއްޒު އެރީ، ޗައިނާގެ އެމްބަސަޑަރގެ އެންމެ ކޯލަކުން!

އދ. ގައި ނެގި ވޯޓުގައި ސާބިޔާއިން، ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އުޢާންމު އެއްކޮޅަށް މުއިއްޒު އެރީ ޗައިނާގެ އެމްބަސަޑަރގެ އެންމެ ކޯލަކުން ކަން ދިޔަވަރު ނޫހަށް ސާފުކޮށް މައުލޫމާތު ލިބިއްޖެއެވެ.

ބާރުގަދަ އެހެން ޤައުމަކުން މުއިއްޒު އަށް ގުޅައި، ބޮސްނިއާއި އެއްކޮޅަށް ވޯޓު ނުދިނުމަށް އެދުމުން، އެކަން ނުކުރާނެ ކަމަށް ބުނުމުން ދެން ގުޅީ ޗައިނާއިންނެވެ. މުއިއްޒުއަށް ޗައިނާއިން ގުޅާފައިވަނީ ޗައިނާ އެމްބަސަޑަރ ކަން ވެސް ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. ޗައިނާގެ އެމްބަސަޑަރގެ އެންމެ ފޯނު ކޯލަކުން، ޤައުމިއްޔަތުގެ އެންމެ ބޮޑު ކުރުން ކަމުގައިވާ ރާއްޖޭގެ އިސްލާމީ ވަހުދަތު ދޫކޮށް ކާފަރުންނާއި އެއްކޮޅަށް މުއިއްޒު ވަނީ އަރާފައެވެ. ކާފަރުންނާއި، ގަތުލު އުޢާންމު ހިންގާ މުޖުރިމުންނާއި އެއްކޮޅަށް މި ވޯޓުގައި އެރި ހަމަ އެކަނި މުސްލިމް ޤައުމަކީ “ދިވެހިންގެ ރާއްޖެ”އެވެ.

މުއިއްޒު އާއި މުޅި ރާއްޖޭގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު މިވަގުތު އޮތީ ޗައިނާގެ ސީސީޕީ އަތުގައެވެ. ސީސީޕީ އަކީ ޗައިނީސް ކޮމިއުނިސްޓް ޕާޓީއެވެ. މުއިއްޒަށް އަމުރު އަންނަނީ ޗައިނާގެ އެމްބަސަޑަރުގެ ފަރާތުންނާއި، ސީސީޕީ އެޖެންޓުންގެ ފަރާތުންނެވެ.

މުއިއްޒު ވެރިކަމަށް އައީ ބޭރުގެ ނުފޫޒުން ދިވެހިން މިނިވަން ކުރާނެ ކަމަށް ބުނެ ދޮގު ހަދައިގެން އޮޅުވާލައިގެންނެވެ. %100 އިސްލާމީ ޤައުމެއް ގޮތުގައި އޮވެމެ، މުސްލިމުންނާއި އެއްކޮޅަށް ވޯޓު ދިނުމުގެ ބާރެއް ވެސް މިހާރު ރާއްޖޭގައި ވެރިއަކަށް ހުރި ލާދީނީ މުއިއްޒުގެ ކިބާގައި ނެތެވެ.

އަދި ލާދީނީ މިފަދަ ބޮޑެތި މުންކަރާތްތައް މުއިއްޒު ކުރަމުންދާއިރު، މުއިއްޒުގެ ވެރިކަމަށް އެންމެ ބޮޑު އެއްބާރު ލުމެއް ދެނީ ދީނީ ޖަމިއްޔާގެ ނަމުގައި ހިންގާ ސިޔާސީ ޖަމިއްޔާއެއް ކަމުގައިވާ ސަލަފުންނެވެ.