މުއިއްޒު އިންޑިޔާއަށް ދިޔުމުން، ޕީއެންސީ އާއި ސަލަފުގެ މެމްބަރުން ރުޅި ގަދަވެފައިވާތީ، މުއިއްޒު އަންގައިގެން ގެނެސްދޭން އުޅުނު، އިންޑިޔާގެ ބޮޑުވަޒީރު މޯދީ ހުވާ ކުރާ ރަސްމިއްޔާތު ގެނައުން ރަނގަޅު ނޫން ކަމަށް މުއިއްޒު އަންގައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމުމުން އެކަމަށް ފާޑުކިޔުން އަމާޒުވި ފަހުން އެ ކަވަރޭޖު ނުގެނެސްދޭން ޕަބްލިކް ސާވިސް މީޑިއާއިން ނިންމައިފި އެވެ. މުއިއްޒު ވަނީ ކުރިން މި ރަސްމިއްޔާތު ގެނައުމަށް ޕީއެސްއެމްގައި އެދިފައެވެ. އެ މަނިކުފާނުގެ މި ނިންމުން ބަދަލު ކުރަން ޖެހުނީ، ސަލަފް ދެކެ ބިރުން ކަމަށާއި، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ސަލަފު ހިމެނޭހެން މުއިއްޒު އިންޑިޔާއަށް ދިޔުމުން، އެކަމާއި މެދު ވަނީ ހިތްހަމަ ނުޖެހިފައެވެ.

ލައިވް ކެންސަލް ކުރި ސަބަބާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޔާމީން ރަޝީދުއާ ސުވާލު ކުރުމުން ވިދާޅުވީ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ލައިވް ކުރަން އެއް އިރަކު ވެސް ނުނިންމާ ކަމަށެވެ.

“އަޅުގަނޑުމެން އެއްވެސް އިރެއްގައި ލައިވް ކުރާކަށް ނުނިންމަން، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް،” ޔާމީން ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ ނޫސްތަކުން ލީކް ކޮށްފައިވާ ޕީއެސްއެމް ޝޫޓިން ތާވަލު ދިޔަވަރު ނޫހަށް ވެސް ވަނީ ލިބިފަ އެވެ. މޯދީގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖު ގެނެސްދިނުމަށް ޕީއެސްއެމް ޕްރޮގުރާމްތަކުގެ ޝޫޓިން ތާވަލުގައި ހިމަނާފައި އޮތީ މިއަދު އިރުއޮއްސި 6:00 އިން 8:00 އާ އަށެވެ. އެ ކަވަރޭޖު ގެނެސްދިނުމަށް އެގަޑިއަށް ތާވަލުކޮށް ޕްރެޒެންޓަރުންނާއި ޓެކްނީޝަނުންގެ އިތުރުން ސައުންޑް އަދި ލައިޓްްސްއަށް ވެސް މުވައްޒަފުން ހަމަޖައްސާފައިވެ އެވެ.

އޭގެ އިތުރުން، މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމިކަން ޕީއެސްއެމްގެ މުވައްޒަފުންތަކެއް ވަނީ ރާއްޖޭގެ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ.

ސަރުކާރުން ދަނީ ހުރިހާ ކަމެއްގައިވެސް ދޮގާއި މަކަރު ހަދަމުންނެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި ޕީއެސްއެމްގެ މުވައްޒަފުން އިންޑިއާއަށް ގޮސްފައި ވަނީ ވެސް ލައިވް ކުރަން ބޭނުންވާ އިކުއިޕްމެންޓުތައް ހިފައިގެންނެވެ. މިއަދު ހެނދުނު 10 ގެ ހަބަރުގައި ވެސް ވަނީ ޕީއެސްއެމްގެ ލައިވް އިންޑިއާއިން ގެނެސްދީފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރަކު ހުވާ ކުރައްވާ ރަސްމިއްޔާތު މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ މީޑިއާއަކުން ލައިވްކޮށްފައެއް ނުވެ އެވެ. މިއަދުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖު ނުގެނެސްދޭން އެ މީޑިއާއިން ނިންމީ އާންމުންގެ ނަފުރަތާއި ނުރުހުން އިންތިހާއަށް އަމާޒުވި ފަހުންނެވެ.

މޯދީގެ ރަސްމިއްޔާތު ޕީއެސްއެމުން ލައިވް ކުރަން ނިންމި ހަބަރު މި ނޫހުން ގެނެސްދިނުމުން އާންމުން ވަނީ ސޯޝަލްމީޑިއާގައި ޕީއެސްއެމްއަށް ނަފުރަތުގެ ބަސްތައް އޮއްސާލައިފަ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިންޑިއާއަށް ވަޑައިގެންފަ އެވެ.

އެމަނިކުފާނު އިންޑިއާއަށް މި ވަޑައިގަތީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ހައިސިއްޔަތުން ފުރަތަމަ ފަހަރަށެވެ.