ހައްޖު ވާޖިބުވެފައިވާ 200 ފަރާތަކަށް އޮތް ފުރުޞަތު މުއިއްޒު ނިގުޅައިގަނެގެން، މުއިއްޒު އާއި ޝަހީމު ގެ ލިސްޓަކަށް މީހުން ފޮނުވުމަކީ ނަހީ ކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަތުން: އިލްމުވެރިން

ހައްޖު ވާޖިބުވެފައިވާ 200 ފަރާތަކަށް އޮތް ފުރުޞަތު މުއިއްޒު ނިގުޅައިގަނެގެން، މުއިއްޒު އާއި ޝަހީމު ގެ ލިސްޓަކަށް މީހުން ފޮނުވުމަކީ، ނަހީ ކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަތުން ކަމުގައި ރާއްޖޭގެ އިލްމުވެރިން ތަކެއް ހާމަ ކުރައްވައިފިއެވެ.

މިއީ ބޮޑު ފާފައެއް. ބައެއްގެ ޙައްޤަށް އަރައިގަތުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް. ހައްޖު ވާޖިބް ވެފައިވާ އެތައް ބަޔަކު ކިޔުގައި ތިއްބާ، އެ ފުރުޞަތު ނުދީ ދައުލަތުގެ ނަމުގައި ލިސްޓް ހަދައި ބަޔަކު ނުފޮނުވޭނެ! އެއީ ދީނީ ގޮތުން ސީދާ ކަނޑައެޅިގެން ފާފަވެރި ކަމެއް.

އިލްމުވެރިއެއް ވިދާޅުވިއެވެ.

އޭނާ އިތުރަށް ކިޔައިދިނީ، ހައްޖު ވާޖިބުވާ ބަޔަކު އެކަމަށް އެދިފައި ނުވާ ހިނދެއްގައި އަދި، ނިކަމެތި ބަޔަކަށް އެފުރުޞަތު ސަރުކާރުން ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެކަން ކޮށްފައިވާ ގޮތަކީ، ދީނީ ގޮތުން ކުރުން ހެޔޮ ނުވާ ވަރުގެ ނުބައި ފާފަވެރި ކަމެއް ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ބައެއްގެ ހައްޤަށް އަރައިގަނެގެން، ލިބެން ނެތް ފުރުޞަތެއް ނުފޫޒުގެ ތެރެއިން ނުވަތަ، މުއިއްޒު އާއި އަދި ޝަހީމު އާއި އޮތް ގާތް ކަމެއްގެ ތެރެއިން ހޯދައިގެން ހައްޖަށް ދިޔުމަކީ ނުބައި އަމަލެއް ކަމަށާއި، އެފަދަ ފާފަވެރި އަމަލުތައް ﷲ އަށް އަޅުކަން ކުރަން ދިޔުމަށްޓަކައި ކުރުމަކީ، އަޅުކަން ކުރުމުގެ މަޤްޞަދާއި ތަޢާރުޒުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަމުން އެއްކިބާ ވުމަށް އިލްމުވެރިން އެދިވަޑައިގަންނަވައެވެ.

މީހުން މަގުފުރައްދައި، މީހުންގެ ހައްޤުތަކަށް އަރައި ގަންނަމުންދާ އިސްލާމިކް މިނިސްޓަރަކީ އިންތިހާއަށް ކޮރަޕްޓް އަދި ހިލޭ އަންހެނަކާއި އެކީ އެކަހެރިކޮށް އުޅެނިކޮށް ވީޑިޔޯއެއް ލީކުވެފައިވާ ދީނީ ޚުލްގެއް، ނެތް މީހެކެވެ.

ރާއްޖެއިން ހައްޖަށް ފޮނުވަން އަލަށް ލިބުނު 150 ސްލޮޓަށް ފޮނުވާފައިވަނީ މުއިއްޒުގެ ގާތް މީހުންނެވެ. ފަގީރުންގެ ލިސްޓަށް ކަމަށް ބުނެ، ހައްޖަށް މީހުން ފޮނުވާފައިވާ 50 މީހުންގެ ލިސްޓަކީ ޝަހީމުގެ ގާތް އެކުވެރިންނާއި، އާއިލާ މީހުންގެ ލިސްޓެކެވެ. މިކަމުގައި އޮތީ ކޮރަޕްޝަނާއި، މީހުންގެ ޙައްޤަށް އަރައިގަތުން ފަދަ ބޮޑެތި ނުބައި ފާފަތަކެވެ.

އިސްލާމް ދީނަކީ އިންސާނުން އެކަކު އަނެކާގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް އަމުރު ކުރައްވާފައިވާ މަތިވެރި ދީނެވެ. މިއީ އިސްލާމީ ވެރިއަކު މުސްލިމުންނާއި މެދު އަމަލު ކުރަން ހެޔޮވާނެ ގޮތެއް ނޫނެވެ.