އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށް، އިޒްރޭލު މީހުންނަށް ކުރިޔާލައި އޮންލައިންކޮށް ވިސާ ނަގައިގެން، އާދެވޭ ގޮތަށް ލުއިފަސޭހަ ކޮށް ދިނުމަށް މުއިއްޒު ނިންމައިފި. އޮން-އަރައިވަލް ވިސާއަށް ވުރެ، މިއީ މާ ރަނގަޅު، ޔަގީން ގޮތެއް!

އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށް، އިޒްރޭލު މީހުންނަށް ކުރިޔާލައި އޮންލައިންކޮށް ވިސާ ނަގައިގެން، އާދެވޭ ގޮތަށް ސަރުކާރުން ހަދަން ނިންމައިފި ކަމަށް ރައީސް އޮފީހުން ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފިއެވެ. މި ގޮތަށް ނިންމާފައި ވަނީ އިޒްރޭލާއި ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމުތަކުން، ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވައިގެންނާއި، އިޒްރޭލު ޒަޔަނިސްޓުން މުއިއްޒަށް ރިޝްވަތު ދީގެންނެވެ.

އޮން-އަރައިވަލް ވިސާގައި އަންނަ އިރު، އިމިގްރޭޝަން ކައުންޓަރުގައި ޚިދުމަތް ދިނުމަށް ހުންނަ އޮފިސަރަށް ފެންނަ ހާލަތެއްގައި، ރާއްޖެއަށް އެމީހާ ނުވައްދައި ފޮނުވާލެވޭނެ ކަމަށާއި، ނަމަވެސް، އިޒްރޭލް ސަރުކާރަށް، އެ ޤައުމުގެ ރައްޔިތުން ރާއްޖެ އައުމަށް، ސަރުކާރުން ދީފައި ހަމަ ޖައްސާފައި ވަނީ އޮން-އަރައިވަލް ވިސާއަށް ވުރެ މާ ރަނގަޅު ގޮތެއް ކަމަށް އިމިގްރޭޝަންގެ އިސް އޮފިޝަލެއް ދިޔަވަރު ނޫހަށް އިތުރަށް މައުލޫމާތު ދެއްވައެވެ. މި ގޮތަށް ހެދުމުން، 5 މިނިޓު ތެރޭ އޮންލައިކޮށް ރާއްޖެ އައުމަށް، އިޒްރޭލު ކޮންމެ މީހަކަށް ވެސް ވިސާ ލިބިގެން ދާނެ ކަމަށާއި، އެމީހުން ރާއްޖެ އައުމުން، އިމިގްރޭޝަން އޮފިސަރަށް އެމީހުން ފޮނުވާލުމުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށް އޭނާ ހާމަ ކުރިއެވެ.

މި ގޮތުން އިތުރަށް މައުލޫމާތު ދެމުން، އޭނާ ވިދާޅުވީ، ތުރުކީ އަށް ދިވެހިން ދިޔުމަށް އޮންލައިން ވިސާ ނަގަން ވެސް ދާނީ 5 ވަރަކަށް މިނިޓު ކަމަށާއި، މުއިއްޒު ބޭނުންވަނީ، ޕާސްޕޯޓް މަނާ ނުކުރާ ތާގައި، ވިސާގެ އިތުރު ލުއި ފަސޭހަ ކަމެއް އިޒްރޭލަސް ދިނުން ކަމުގައި އޭނާ ކިޔައި ދެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތުން، ދިޔަވަރު ނޫހަށް ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވެފައިވަނީ، ވަކި ވަކި ބަޔަކު ބްލެކް ލިސްޓްކޮށް ވަނުން މަނާ ކުރުމަށް މުއިއްޒު އަދި މާ ބިރު ގަންނަ ކަމަށާއި، އެކަން ނުކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިހާރު ކުރުމަށް މަސައްކަތް މިކުރާ ކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށާއި، އޮންލައިން ވިސާއަށް ޕްރޮސެސް ބަދަލު ކުރުމަށް ފަހު، ޓުއަރިޒަމް މިނިސްޓްރީ އިން އާންމު ކުރާ ތަފާސްހިސާބު ތަކުން އިޒްރޭލުގެ ނަން ކަނޑާލުމުން، އިޒްރޭލުން މީހުން އަންނަ ވަރު އާންމުންނަށް ނޭނގޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ.

މުއިއްޒު އަކީ ދޮގުވެރި ކަމާއި، އޮޅުވާލުމުގައި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އެޖެންޓެކެވެ. އަދި ކަނޑަ އެޅިގެން ފާޅުވެގެންވާ ކައްޒާބެއް ކަމަށް ދިވެހިން ދަނީ ތަކުރާރު ކޮށް ބުނަމުންނެވެ.