މުއިއްޒުގެ ސަރުކާރުގައި: ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓް ތައް އީދު ޗުއްޓީއަށް ފަހު، ބަންދު ކުރަން ނިންމައިފި! “މިއީ ކަންބޮޑުވާން ޖެހޭ ކަމެއް”: ފިރާގު

ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓް ތައް އީދު ޗުއްޓީއަށް ފަހު، މަސް ތަކަކަށް ބަންދުކުރަން ރާވާފައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފަތުރުވެރި ކަމުގެ ސިނާ އަތުގައި، ޓްރެވެލް އިންޑަސްޓްރީ ގައި އިސްކޮށް ހުންނެވި، ވިޔަފާރިވެރިޔާ ފިރާގު ވިދާޅު ވެއްޖެއެވެ.

އޭނާ މި ގޮތަށް ވިދާޅުވެ، އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި، “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޤައުމު ހިންގުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ބުރަކޮށް މަސައްކަތް ކުރަންޖެހޭ” ކަމަށް ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ފަތުވެރިކަމުގެ ސިނާއަތުގެ މިނިސްޓަރެއް ގޮތުގައި ހަމަ ޖައްސާފައިވަނީ މިދާއިރާއިން އެއްވެސް އިލްމެއް އުނގެނިފައި ނެތް، އަބްދުއްރަހީމްގެ ދަރި ފައިސަލް އާއި އެވެ. މި ދިނާއަތުގައި އެ މިނިސްޓްރީ އާއި ހަވާލުވެފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ވަނީ ލޯ ސީސަން ގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިންޑިޔާގެ ބޮޑުވަޒީރަށް ކުޑާމީސްކޮށް އަދަބު އަޚްލާގު ދަށްކޮށް އެއްޗެހި ގޮވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރުމަށް ކަނޑައަޅާފައިވާ އެމްއެމްޕީއާރުސީ އަށް މި ސަރުކާރުން އެމްޑީއަކަށް ހަމަ ޖެއްސީ އެއްވެސް އިލްމެއް ނެތް، ފޭކް ސެޓްފިކެޓެއް އޮތް، އަދި ވެރިކަމަށް އައުމަށް އިންޑިޔާގެ ގެރީގެ ކުޑަކަމުދާ ތަކެތި ބުއިމަށް ދިވެހިންނަށް ގޮވާފައިވާ ފާތުމަތު ތައުފީގެވެ، ހަސަން ކުރުސީ އާއި ދިޔަވަރު ނޫހުން މި އިންޑަސްޓްރީގެ ހައްޤުގައި ކުރި މަސައްކަތުން އޭނާ އެމަގާމުން މިހާރު މުއިއްޒު ވަނީ އެކަހެރި ކޮށްފައެވެ.

ފިރާގު ކޮށްފައިވާ ޓްވީޓް. ފިރާގް ވަނީ މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތް ތަކެއް ކޮށްފައި

މި ދާއިރާގެ ތަޖުރިބާ ކާރުން ބުނާ ގޮތުގައި، މުއިއްޒުގެ އަރިސް، ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އަދި މަލްޝާގެ ސަބަބުން ފަތުރުވެރި ކަމުގެ ދާއިރާއަށް 3.8 ބިލިއަން ޑޮލަރުގެ ގެއްލުން މިއަހަރު ތެރޭ ފޯރާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، މަޝްހޫރު ބައެއް ރިސޯޓްތައް ބަންދު ކުރަން ނިންމީ، މި ގެއްލުން ކުޑަ ކުރުމަށެވެ. ފަތުރުވެރިން ނާންނަ އިރު ރިސޯޓް ހުޅުވާފައި ބެހެއްޓުމަކީ އިތުރަށް ލިބޭ ބޮޑު ގެއްލުމެކެވެ.

މުއިއްޒު އިންޑިޔާ އާއި ދެކޮޅަށް ބުލީ ނުކުރުމަށް ބުނެ، ވެރިއަކު ކުރަން ހެޔޮ ނުވާ ޒާތުގެ ދަށު ދަރަޖައިގެ އަމަލުތަކުންވެސް އިންޑިޔާ ފަތުރުވެރިން ރާއްޖެ އައުން މަދުވެގެން ދިޔައެވެ. އަރަބި ޤައުމުތަކާއި ޔޫރަޕް އަދި ޔޫކޭ ހިމެނޭހެން ފަތުރުވެރި ކަމުގެ ސިނާއަތުގައި ޓްރެވެލް އެޖެންސީތަކުގައި ބުކިންގ ހެދުމުގައި އެންމެ ބޮޑަށް އުޅޭ ބަޔަކީ އިންޑިޔާ މުއައްޒަފުންނެވެ. ރާއްޖެ ފަދަ ކުޑަ ޤައުމަކުން އިންޑިޔާއާއި ޖައްސާލައި، މި ޤައުމު މިވަރަށް ނިކަމެތި ކޮށްލުމަކީ ޤައުމަށް ލިބިގެން ދިޔަ އިޤްތިޞާދީ ހިތްދަތި ކަމެކެވެ. އަދި ދިވެހިންނަށް މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމެކެވެ.