ދީމާގެ ފުރަތަމަ އެސޯސިއޭޝަން ކަޕް؛ ހަތަރު އިވެންޓުން ވެސް ޗެމްޕިއަން

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ފާތިމަތު ދީމާ އަލީ، ކުޅުނު ހަތަރު އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭތީ އޭނާ ރާއްޖެ އަންނަނީ ގައުމީ މުބާރާތަށް ނުވަތަ ގައުމީ ޓީމު މުބާރާތަކަށް ދާން ޖެހުމުންނެވެ. މިދިޔަ ތިން އަހަރު ވެސް ގައުމީ މުބާރާތުގައި ވާދަކުރަން އޭނާ ރާއްޖެ އައިސްފައި ވަނީ މުބާރާތް ކައިރިވުމުންނެވެ.

ދީމާ ވަނީ، ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.