މާތްﷲ ދެއްވާފައިވާ ޖިންސް ބަދަލުކޮށް، އެއް ޖިންސުން ގުޅުން ހިންގާ މީހުން އެމީހުންގެ ޖިންސްގެ ގޮތުގައި ދެކޭ “ޓްރާންސް ޖެންޑަރ”، ޤިޔާޒުއްދީން ސްކޫލް ގެ ޕޯޓަލްގައި ހިމަނާފައި މިވަނީ، މުއިއްޒުގެ ހަފްތާ 14 ގެ “ކާމިޔާބެއްގެ” ގޮތުގައި؟

މާތްﷲ އިންސާނާއަށް ދެއްވާފައިވާ ޖިންސް ބަދަލުކޮށް، އެއް ޖިންސުން ގުޅުން ހިންގާ މީހުން އެމީހުންގެ ޖިންސްގެ ގޮތުގައި ދެކޭ “ޓްރާންސް ޖެންޑަރ”، ޤިޔާޒުއްދީން ސްކޫލް ގެ ޕޯޓަލްގައި، ކުއްޖާގެ ޖިންސް އިޚްތިޔާރު ކުރެވޭ ގޮތަށް ހިމަނައިފިއެވެ.

ސްކޫލަށް ވަންނަ ފޯމުގައި އާއި، ސްކޫލް ގެ ސްޓޫޑަންޓް ޕޯޓަލްގައި މި ގޮތަށް ޓްރާންސް ޖެންޑާ އިޚްތިޔާރު ކުރެވޭ ގޮތަށް ހިމަނައިފައި ވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި މިހާ ފާޅުކޮށް ބޮޑުކޮށް އެއްޖިންސުން ގުޅުން ހިންގުމަށް ސްކޫލްތަކުގައި ތާޢީދުކޮށް، މިފަދަ އަމަލެއް ސްކޫލްތަކުން ހިންގާފައެއް ނުވެއެވެ.

މިކަން ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ. ނަމަވެސް މި ސަރުކާރުން، މިފަދަ ކަންކަމަށް ވުރެ، ބޮޑަށް އަހައްމިޔަތުކަމެއް ދެނީ މުއިއްޒުގެ ފޭކު ހައްދުފަހަނަ އެޅީ ޤައުމިއްޔަތު ދަރިވަރުންގެ މެދުގައި ދިރުވުން ކަމަށް ވުމުން، އެއްވެސް ވަރަކަށް މިކަމާއި ގުޅިގެން ތައުލީމީ ވުޒާރާއިން އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގެ ސްކޫލަކުން “ޓްރާންސްޖެންޑާ” އަކީ ވަކި ޖިންސެއްގެ ގޮތުގައި އަލަށް ބަލައިގަނެ, އެއްް ޖިންސުން ގުޅުން ހިންގުމާއި, ޖިންސު ބަދަލު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިހާ ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތެއް ކުރި ފުރަތަމަ ފަހަރެވެ.

އިސްލާމް ދީނާއި ޚިލާފު، މުޅި ދުނިޔޭގެ ކުރިމަގަށް ކުރިމަތިވެފައިވާ ޓްރާންސް ޖެންޑާގެ އާލަމީ ވަބާ ކުރިއަރުވަން ރާއްޖޭގައި މި ފެށީ މުއިއްޒުގެ ހަފްތާ 14 ގެ “ކާމިޔާބީ” ފާހަގަ ކުރަމުންދާ ވަގުތެއްގައެވެ.