ފުށާއި، ހަނޑުލަށް ސަލާން ޖެއްސުން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ރާއްޖެ އައިސް މުއިއްޒަށް ދަސްކޮށްދެއްވި ކޮމިއުނިޒަމްގެ ފެށުން؟ މިއީ ރައްޔިތުން އަޅުވެތި ކުރުމުގެ ފެށުން! މިއީ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ މިސްރާބު!

120 ރުފިޔާގެ ފުށާއި، ހަނޑުލަށް، ދިވެހިން ގިނަ އިރު ކިއު ޖައްސައި، ރަށްދަކަ އަވީގައި ދިވެހިން ސަފުތަކުގައި ބެހެއްޓުމީ ކޮމިއުނިސްޓް ޤައުމުތަކުގައި މިކަން ކޮށްފައިވާ ގޮތެވެ. މިއީ ރައްޔިތުން އަޅުވެތި ކުރުމުގެ ސިޔާސަތުގެ ފެށުމެވެ. މިއީ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ އައު މިސްރާބެވެ.

120 ރުފިޔާގެ ހަނޑުލާއި ފުށަކީ (ގާތްގަނޑަކަށް 8 ޑޮލަރު) ގެ މި އަދަދަކީ ވަރަށް ކުޑަ އަދަދެކެވެ. މިއީ ރޯދަ މަހަކު ދިވެހިން ކެއިން ބުއިމަށް ޚަރަދު ކުރާ މިންގަނޑުން ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ސަރުކާރުން ދޭ އެހީތެރިކަމެއްގައި މިއީ، އެއްވެސް މިންގަނޑުތަކުން ބަލާއިރު، ރައްޔިތުންނަށް ދިނުމަށް އެކަށީގެންވާ މިންވަރެއް ނޫނެވެ.

މި ގޮތަށް މިކަން ކުރަނީ، ތަކެތީގެ އަގު ބޮޑުވެގެން ދާއިރު، ސަރުކާރުގެ ނާގާބިލް ކަމާއި މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިގެންދާނެ ރުޅިވެރިކަން ކުޑަ ކޮށް، އޭގެ ބަދަލުގައި ރައްޔިތުންގެ ސުފުރާއަށް ޖަމާކުރި ކާބޯތަކެތީގައި، މުއިއްޒުގެ އޯގާތެރިކަން އޮތް ވަރު ދައްކައިދިނުމެވެ. ތަކެތީގެ އަގުބޮޑުވެ، ރައްޔިތުން ހަނާވާން ދިޔުމުގެ ކުރިން ފެން ފޮދެއް ދިއްކޮށްލީއެވެ. ރައްޔިތުން ކަތިލުމުގެ ކުރިން ފެން ދިނީއެވެ. ކަތިލުމުގެ ކުރިން ފެން ދިނީމާ، ކުކުޅަށް އެ އޮޅޭ ވަރަށް ވުރެ ބޮޑަށް ދިވެހިންނަށް މިހާރު ތިބޭނީ އޮޅިފައެވެ. ކާބޯތަކެތި މި ރޯދަ މަހު، ކިތަންމެ ބޮޑުވިއަސް ސަރުކާރުގެ ހެޔޮފުޅުކަން އޮތް މިންވަރުން، ރައްޔިތު މީހާއަށް ބުނެވޭނެ އެކައްޗެއްވެސް ނެތެވެ.

މުއިއްޒުގެ ސަރުކާރަށް މައްސަލައަކީ ކާބޯތަކެތީގެ އަގު ބޮޑުވުމެއް ނޫނެވެ. މައްސަލައަކީ ވޯޓުގެ ކުރިން ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންގެ ވޯޓު މުއިއްޒުގެ ކެނޑިޑޭޓުންނަށް ގެއްލިދާނެތީ ގަންނަ ބިރެވެ. ރައްޔިތުންނަކަށް އެއްވެސް ހެވެއް ނޭދެއެވެ.

ދިވެހިން ހަނޑުލާއި، ފުށަކަށް އެއްވެސް ރޯދަ މަހެއްގައި ނުޖެހެއެވެ. ދަތިވެފައި ހުރީ، ފިޔާ، ބިސް ފަދަ ތަކެއްޗަށެވެ. މިއަހަރު ކަދުރުކޮޅެއް ބަހާ ނުލެވިގެން މި އުޅެނީ މިސަރުކާރަށް ސައުދީ އިން ކަނދުކުކޮޅެއްވެސް މިފަހަރު ނުލިބިގެންތޯއެވެ؟