ދިޔަވަރު އޮންލައިން ޕޯލް: މެޖޯރިޓީ ރައްޔިތުން ގަބޫލުރަނީ މުއިއްޒުއަކީ ދޮގުވެރިއެއްކަމަށް!

ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި އަދި ވެވަޑައިގެންނަވާ ވައުދުތަކާއި ގުޅޭގޮތުން ދިވެހި ރައްޔިތުން ދެކޭގޮތް ބެލުމަށް “ދިޔަވަރު އޮންލައިން”އިން ނެގި ޚިޔާލު ހޯދުމުގެ ޕޮލްއަކުން, ރައީސް މުއިއްޒުއަކީ”ދޮގުވެރިއެއް”ކަމަށް މެޖޯރިޓީ ރައްޔިތުން ދެކޭކަން ހާމަވެއްޖެއެވެ.

“ދިޔަވަރު އޮންލައިން”އިން ނެގި ޕޮލްގައި އާންމު ރައްޔިތުންނަށް ހުށަހަޅާފައިވާ ސުވާލަކީ ރައްޔިތުން ދެކެނީ ރައީސް މުއިއްޒުއަކީ ތެދުވެރިއެއްތޯ ނުވަތަ ދޮގުވެރިއެއްތޯއެވެ.

މި ޕޮލްގައި ވޯޓު ދީފައިވާ 376 މީހުންގެ ތެރެއިން %76 މީހުން ވޯޓު ދީފައިވަނީ ރައީސް މުއިއްޒުއަކީ ދޮގުވެރިއެއްކަމަށް ދެކޭކަމަށް ބުނެއެވެ. ރައީސް މުއިއްޒުއަކީ ތެދުވެރިއެއްކަމަށް ދެކޭކަމަށް ބުނެފައިވަނީ ޕޮލްގައި ވޯޓު ލީ މީހުންގެ ތެރެއިން އެންމެ %24 މީހުންނެވެ.

މިޕޮލްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ވޯޓު ލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް މުއިއްޒުއަކީ ދޮގިވެރިއެއްކަމަށް ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާކަމަށް “ދިޔަވަރު އޮންލައިން”ގެ ޚިޔާލު ހޯދުމުގެ ޕޮލްއިން ދައްކާފައިވާއިރު, މުއިއްޒުވަނީ ވެރިކަމަށް ވަޑައިގަތުމަށް ދޮގު އެތައް ވައުދެއް ވެފައެވެ.

އެގޮތުން ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުވަނީ, މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެ, ދޮގު ވައުދުވެފައެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް ފަހުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ އެ ވައުދު ފުއްދޭނޭ ގޮތެއް މިހާރު ނެތްކަމުގައެވެ.

ރައީސް މުއިއްޒުއަކީ އޭގެ އިތުރަށްވެސް, ރައީސް ޔާމިން މިވަންކުރާނޭކަމަށް ދޮގު ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ހަމަ އެއާއެކު, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެއްވެސް މުއްވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވުމަށް ވެރިކަން ލިބިވަޑައިގަތުމާއެކު, ރައީސް މުއިއްޒުވަނީ ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެތައް ސަތޭކަ މުވައްޒަފުންނެއް ނުހައްގުން ވަޒިފާއިން ވަކިކޮށް, ރަމަޟާން މަސް ކުރިޔަށް އޮއްވާ މަގުމަތި ކޮށްލާފައެވެ.