އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ސިމްކާޑު ދޫކުރުން ހުއްޓާލައިފި! ސަރުކާރު ދެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ވެރިންނަށް މައްލަވަކޮށް ބުލީ ކުރުމުގެ ހުރިހާވެސް ގެއްލުމަށް ނިކަމެތި ރައްޔިތުންނަށް!

އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ސިމްކާޑު ދޫކުރުން އިންޑިއާއިން ހުއްޓާލައިފިއެވެ. އިންޑިއާއަށް ދަތުރުކުރާ ގިނަ ދިވެހިން “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދައްކަވަމުން ބުނެފައިވަނީ އެގައުމަށް ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު އެއަރޕޯޓުންވެސް ސިމް ކާޑު ނުލިބޭ ކަމަށާއި, ސިމްކާޑު ނުލިބެނީ ވިސާ ނޯންނާތީ ކަމުގައެވެ.

ބޭސް ފަރުވާއަށް ދާ ދިވެހިން އިންޑިއާއަށް ދިއުމަށް ވިސާ ހޯދާކަށް ނުޖެހެއެވެ. އެހެންނަމަވެސް އިންޑިއާއިން މިހާރު ހަމަޖައްސާފަ އޮތް އުސޫލުން ވިސާ ނެތި ބޭސްފަރުވާއަށް އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ސިމްކާޑެއް ނުގަނެވެއެވެ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދާ އެއްވެސް ދިވެއްސަކަށް ބޭސް ފަރުވާގައި ހުންނަ މުއްދަތުގައި އެގައުމުގެ ސިމްކާޑު ލިބުމުގެ ފުރުސަތެއް ނޯވެއެވެ.

އެއީ ބޭސްފަރުވާއަށް ދާ އެއްވެސް ފަރާތަކުން ވިސާ ނަގައިގެން ނުދާތީއެވެ.

މި ދަތިކަން ދިވެހިންނަށް އިންތިހާއަށް ފޯރާފައިވި ނަމަވެސް, ދިވެހި ސަރުކާރުން މިހާތަނަށްވެސް މިމައްސަލައަށް ހައްލު ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އެނގިފައި ވެއެވެ.

ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ވެރިންނަށް ހަޖުޖަހާ މައްލަވަކޮށް އަދި ގަނާ ކުރުމާއި ގުޅިގެން ދެގައުމުގެ ގުޅުން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އަދި އިންޑިޔާގެ ދިދަ އަށް ބަދަލު ގެނެސް، އެމްޑީޕީގެ ކެމްޕެއިން ލޯގޯ ބަދަލުކޮށް، މިސްރާބު އަނގަވަތަށް ޖަހައިގެން ރައީސް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްތަތ ޝިއުނާ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޓްވީޓްގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ގޯސްވެފައިވާ ގުޅުން އިތުރަށް ހޫނުވެގެން ގޮސްފައިވެއެވެ.

ޝިއުނާ އިންޑިޔާއަށް މަލާމަތް ރައްދުކޮށް، އިންޑިޔާގެ ދިދައާއި، އެޤައުމުގެ ޤައުމިއްޔަތަށް ކުޑާމީސް ވާގޮތަށް މި ގޮތަށް ޓްވީޓް ކޮށްފައި ވަނީ، މުއިއްޒު އެދިގެން އިންޑިޔާ ކިބައިން އާދޭސް ކޮށްގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ހިލައާއި ހިލަވެލީގެ ކޯޓާ އިއްޔެ އިތުރު ކޮށްފައި ވަނިކޮށެވެ.

ޝިއުނާ އާއި، މަލްޝާ ހިމެނޭ ހެން އިންޑިޔާގެ ބޮޑު ވަޒީރަށް އެއްޗެހި ކިޔުމުގެ ސަބަބަބުން، އިންޑިޔާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު %37 ވަނީ ދަށަށް ގޮސްފައެވެ.