ހައިކޯޓްގެ ފަނޑިޔާރު ސަލީމަށް، ގުޅައި، މާދަމާ އޮތް ރައީސް ޔާމީނުގެ ޝަރީއަތް ކެންސަލް ކުރެވޭނެ ގޮތެއް ހަދައިދިނުމަށް މުއިއްޒު އަންގައިފި! ޖޭއެސްސީ ނިދާފަތޯ؟ 

ހައިކޯޓުގެ ފަނޑިޔާރު ސަލީމަށް ގުޅައި، މާދަމާ އޮތް ރައީސް ޔާމީނުގެ ޝަރީއަތް ކެންސަލް ކުރެވޭނެ ގޮތެއް ހަދައި ދިނުމަށް މުއިއްޒު އަންގައިފިއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އަންގައިގެން މާދަމާ ޝަރީއަތުގެ ބެންޗުގައި ބައިވެރި ނުވެވޭނެ ކަމަށް މިރޭ ކޯޓަށް ސަލީމް އަންގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ހައިކޯޓަށާއި، ހައިކޯޓުގެ ބާކީ ތިއްބެވި ފަނޑިޔާރުންނަށާއި، ޖޭއެސްސީއަށް ވެސް، މުއިއްޒު އާއި، ފަނޑިޔާރު ސަލީމާއި ދެމެދު އޮތް ގުޅުން ރަނގަޅަށް އެނގެއެވެ. ފަނޑިޔާރު ސަލީމުގެ ބޭބެ، އަސްލަމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކުމުގައި ބައިވެރިވާ ފަރާތެކެވެ. މިއީ އަސްލަމް ކުރިމަތިލާ ބިލެއްދޫ ދާއިރާގެ ގިނަބަޔަކަށް އެނގޭ ކަމެއްވެސް މެއެވެ. މުއިއްޒުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާ މި އަސްލަމް، މަޖިލީހަށް ހޮވުމަށް މުއިއްޒު މަސައްކަތް ކުރާ ކުރުމަކީ ފަނޑިޔާރު ސަލީމުގެ މަސްލަހަތު މިކަމުގައި ފުށުއަރައި، ރައީސް ޔާމީންގެ މައްސަލަ ލަސް ކުރުމަށް މުއިއްޒާއި ގުޅިގެން ފަނޑިޔާރު ސަލީމް މަސައްކަތް ފަށާފައިވާ ސަބަބެވެ. މިކަން މިހާރު ވަނީ މުޅި ހައިކޯޓަށާއި، ރާއްޖޭގެ ގިނަ ފަނޑިޔާރުންނަށާއި، ޖޭއެސްސީއަށް އެނގޭ ބޮޑު ސިއްރަކަށް ވެފައެވެ.

މުއިއްޒަކީ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، ކޯޓަށް އަތް ބާނައިގެން ޔާމީނުގެ މައްސަލަ ލަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަނިޔާވެރިއެކެވެ. މުއިއްޒު އާއި، ހައިކޯޓު ފަނޑިޔާރާއި ފުރަތަމަ ގުޅުވާލަދިން ފަރާތަކީ، ރީޖަނަލް އެއަރޕޯޓްގެ އެމްޑީ މުބީންއެވެ. މި ވާހަކަ މުބީން ވަނީ ޕީއެންސީ ލީޑަރޝިޕްގެ ގިނަ ބަޔަކު ކައިރީގައި އާއި އޭނާގެ އެކުވެރިން ކައިރީ، އޭނާގެ ގަދަކަން ދެއްކުމަށް ދައްކާފައެވެ. އެހެންކަމުން، ކޯޓުތައް މިނިވަން ކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން މުއިއްޒު ހަދަމުން ދަނީ ކަނޑައެޅިގެން ބުހުތަނު ދޮގުކަން ޕީއެންސީގެ އިސް އެންމެހާ ފަރާތްތަކަށް ވަނީ އެނގިފައެވެ. އަދި މި ވާހަކަތައް ޕާޓީ ތެރޭ އިސް ފަރާތްތައް އެކަކު އަނެކަކު ކައިރީ ދައްކާކަން މުއިއްޒަށް އެނގިފައި ނެތް ނަމަވެސް، މި މަގުން މިކަން ހިނގައި މުއިއްޒުގެ ދޮގުތައް ދަނީ ބޭޒާރުވެ، އަމިއްލަ ޕާޓީ ދެރޭގައިވެސް އަގު ވެއްޓެމުންނެވެ.