ދުއާ އަކީ ޔާމީން މިއަދު މިނިވަންވުން ކަމަށް ބުނުމަށް ފަހު، ފަނޑިޔާރު ސަލީމަށް، މުއިއްޒު ނުފޫޒު ފޯރުވައިގެން ސަލީމުގެ ޗުއްޓީ ވަނީ އިތުރުކޮށްފައި! ކޯޓަށް ހާޒިރުކޮށް އެތައް އިރަކު ބޭންދުމަށް ފަހު ފޮނުވާލަން މުއިއްޒު އަންގައިފި!

އިއްޔެ އޮތް ސިޔާސީ ބައްދަލުވުމެއްގައި ތިމަންނާގެ ދުއާއަކީ ޔާމީން މިނިވަންވުން ކަމަށް ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޑު އިވޭނޭހެން ލައިވް ޓީވީ ގައި ދޮގު ހެދުމަށް ފަހު، ހައި ކޯޓް ފަނޑިޔާރު ސަލީމަށް ގުޅައި، ފަނޑިޔާރު ސަލީމު ހުރި ޗުއްޓީގެ މުއްދަތު އިތުރުކޮށް، ކޯޓަށް ހާޒިރު ނުވުމަށް މުއިއްޒު ފަނޑިޔާރަށް އަމުރު ކޮށްފިއެވެ. އަދި ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށް ބޭންދުމަށްފަހު، އެތައް އިރެއް ކޯޓުގައި ތަޅުވާލުމަށް ފަހު ފޮނުވުމަށް މުއިއްޒު ވަނީ ކޮރަޕްޓް ފަނޑިޔާރު ސަލީމް އަރިހުން އެދިފައިކަމަށް ދިޔަަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.

ފަނޑިޔާރު ޗުއްޓީގައި ހުންނެވި ނަމަވެސް ހުކުމް އިއްވުމުގެ މަޖިލީހުގައި ބައިވެރިވުމަކަށް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެހެންނަމަވެސް އެ ފަނޑިޔާރު ހާޒިރުވެޑައި ނުގެންފިނަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލް ވާނެ އެވެ. ޗުއްޓީގައި ފަނޑިޔާރަކު ހުންނެވި ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، އެކަން ހައިކޯޓުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ހައިކޯޓުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހައިކޯޓަށާއި، ހައިކޯޓުގެ ބާކީ ތިއްބެވި ފަނޑިޔާރުންނަށާއި، ޖޭއެސްސީއަށާއި، ރާއްޖޭގެ ތިބިހާ ގާނޫނީ ވަކީލުންނަށް ހައިކޯޓުގައި މިޖަހާ ސަކަރާތް ސާފުކޮށް އެނގެއެވެ. ފާޅުކަން ބޮޑު ގޮތެއްގައި ހައިކޯޓުގައި އިންނެވި، ފަނޑިޔާރަކު އިންސާފު ޤާއިމު ކުރަން މުއިއްޒު އާއި އެއްބައިވެގެން ހުރަސް އަޅަމުން ދަނީ ވަކި ހައްދެއް ހުދޫދެއް ނެތިއެވެ. ފަނޑިޔާރު މުހައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރެއް ގޮތުގައި 17 އަހަރު މީގެ ކުރިން ހުރި ފަރާތެކެވެ. މީނާ ކިޔަވާފައި ވަނީ ގާނޫނީ ދާއިރާއިން ކުއްލިޔާއިންނެވެ.

ބިލެއްދޫ ދާއިރާ އަށް ކުރިމަތިލާ ފަނޑިޔާރު ސަލީމުގެ ބޭބެ، އަސްލަމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކުމުގައި ބައިވެރިވާ ފަރާތެކެވެ. މިއީ އަސްލަމް ކުރިމަތިލާ ބިލެއްދޫ ދާއިރާގެ ގިނަބަޔަކަށް އެނގޭ ކަމެއްވެސް މެއެވެ. މުއިއްޒުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާ މި އަސްލަމް، މަޖިލީހަށް ހޮވުމަށް މުއިއްޒު މަސައްކަތް ކުރާ ކުރުމަކީ ފަނޑިޔާރު ސަލީމުގެ މަސްލަހަތު މިކަމުގައި ފުށުއަރައި، ރައީސް ޔާމީންގެ މައްސަލަ ލަސް ކުރުމަށް މުއިއްޒާއި ގުޅިގެން ފަނޑިޔާރު ސަލީމް މަސައްކަތް ފަށާފައިވާ ސަބަބެވެ. މިކަން މިހާރު ވަނީ މުޅި ހައިކޯޓަށާއި، ރާއްޖޭގެ ގިނަ ފަނޑިޔާރުންނަށާއި، ޖޭއެސްސީއަށް އެނގޭ ބޮޑު ސިއްރަކަށް ވެފައެވެ.

ދީނީ ތާކިހާ އަޅައިގެން ރައްޔިތުންނަށް އޮޅުވާލާ މުއިއްޒު، އޭނާގެ ކެންޑިޑޭޓެއްގެ ގޮތުގައި ބިލެއްދޫ ދާއިރާއަށް ހޮވަނީ އެންމެންނަށް އެނގޭ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެކެވެ. އެކަމުގެ ނާޖާއިޒު ފައިދާ ހިފައި، ކޮރަޕްޓް ފަނޑިޔާރު ސަލީމަށް ނުފޫޒު ފޯރުވައި، އަނިޔާވެރިކަން އިސްކޮށް، ކޯޓުތަކުގެ މައްޗަށް މުއިއްޒު ދަނީ ނުފޫޒު ފޯރުވަމުންނެވެ.

ޖޭއެސްސީ އަށް މައްސަލަ ހުށައެޅުމުން ހައިކޯޓުން މި މައްސަލަ ތާވަލު ކުރިއަސް، ފަނޑިޔާރު ސަލީމާއި މުއިއްޒު އާއި ތިއްބެވީ މި މައްސަލަ ކުރިއަށް ގެންދިއުމަށް އެއްވެސް ފުރުޞަތެއް ނުދިނުމަށް ނިންމައި ބައިއަތު ހިފައިގެންނެވެ. ރާއްޖޭގެ ހައިކޯޓުގައި ހުރި ފަނޑިޔާރެއްގެ ހާލަތު މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔުމަކީ މުޅި ޤައުމަށް އޮތް ނުރައްކަލެކެވެ.