ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އާއި ދެކޮޅަށް ފައިސަލް މަސައްކަތް ކުރި ގޮތަށް މަސައްކަތް ކޮށް، ނަޒޫގެ ގޮނޑި ގެއްލުވާލީ ފައިސަލް ނަސީމް: މަހުލޫފް

ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ފައިސަލް ނަސީމް ކޮށްފައި ވާ ކަމަށާއި، އެ މަސައްކަތް ކުރި ގޮތަށް ފުވައްމުލަށް ދެކުނު ގޮނޑި ގެއްލުވާލީ ކުރީގެ ނާއިބް ރައީސް ކަން ކުރެއްވި ފައިސަލް ނަސީމް ކަމަށް މަހުލޫފް ހާމަ ކޮށްފިއެވެ.

ލީކްވެފައިވާ މަހުލޫފުގެ ވަޓްސްއެޕް މެސެޖްތަކުން ފައިސަލް އާއި ދޭތެރޭ ތަފާތު އެތައް ތުހުމަތު ތަކެއް މަހުލޫފް ވަނީ ކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ފުވައްމުލަކު ދެކުނު ދާއިރާ އިން ނަޒޫ ވަނީ އާދަޔާ ހިލާފު ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ރިޔާސީ އިންތިހާބު ގައި އެމްޑީޕީއަށް ލިބުނު ތާއީދަށް ވުރެ އެތައް ވޯޓެއްް އިތުރަށް ހޯދާފައި ވެއެވެ.

ލީކްވެފައިވާ މަހުލޫގުގެ މެސެޖުން އެނގޭ ގޮތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވީ ސީދާ ފައިސަލްއެވެ. ރާއްޖޭގެ އެހެން ނޫހަކަށް ނަޒޫ ނަސީމުގެ ކެމްޕެއިން ޓީމުން ދީފައިވާ މައުލޫމާތުގައި ވާ ގޮތުން އެ މައްސަލަ އެ ދާއިރާގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާގުޅޭ ގުނަންތަކަށް ހުށައަޅާނެ ކަމަށް ވެސް ބުންޏެވެ. ކެމްޕެއިން ޓީމުން ބުނީ ފައިސަލްގެ އާއިލާ އަދި ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ތަކުރާރުކޮށް ފައިސަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އާންމު ވެފައިވާ މަހްލޫފްގެ ޗެޓް

“މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށް ވެސް އެނގޭ،” މަހުޅުފުގެ މެސެޖްގައި ވެއެވެ.

އަދި ކެމްޕެއިން ޓީމުން އެ މައްސަލާގައި ދޫ ނުދޭނެ ކަމަށް ބުނެފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މަހުލޫފުގެ މެސެޖްގައި އިތުރަށް ވާ ގޮތުން

ފަައިސަލްގެ އެ އަމަލުގެ ފެށުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ފައިސަލްގެ ބަދަލު ގައި މަޖިލީހުގެ ރަައީސް މުހައްމަދު އަސްލަަމް ހަމަޖެއްސި ހިސާބު ކަމަށް ވެސް ބުންޏެވެ. ކޮއްކޮ، ނަޒޫއާ ދެކޮޅަށް ފައިސަލް ނިކުންނަވާ ކެމްޕެއިން ކޮށް ދެކޮޅު މަސައްކަތް ކުުރުމުގައި އެހެން ބައެއް ސަބަބުތައް ވެސް ވާކަމަށް ބުންޏެވެ. އޭގެ ތެރޭގައި އާއިލީ، ވަަރަށް ޒާތީ އެހެން ނަމަވެސް ސީރިއަސް މައްސަލައެއް ހިމެނެ އެވެ.

“އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،”. މީގެ ދެ މަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް ފައިސަލްއާ ގުޅޭގޮތުން މަހްލޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ވޯޓްގައި ފައިސަލް މީޑިއާގައި މުޅީން ވެސް ވާހަކަ ދެއްކެވީ މޮޅުވާ ކެންޑިޑޭޓަށް ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެ ކަމަށް އޭރު ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އޭގެ ފަހުން މަޖިލީސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެމްޑީޕީއަށް ސޮއިކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގަތެވެ. ކެމްޕެއިނަށް 60 ވުރެ ގިނަ ރަށްރަށަށް ވަޑައިގެންނެވިއިރު އުފަން ރަށް — ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިން ގައި އެއްވެސް ދައުރެއް އަދާ ނުކުރައްވަ އެވެ.

ރިޔާސީ އިންތިހާބުގައި އޭރުގެ ނާއިބް ރައީސް ފައިސަލް ނަސީމް، ރައީސް ސޯލިހް އާއި ދެކޮޅަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލަށް މިނޫހުން ވަނީ މަހްލޫފުގެ އަރިހުގައި އެދިފައެވެ. އެ މައުލޫމާތު ލިބުނު އެންމެ އަވަހަކަށް ގެނެސްދެވޭނެއެވެ.