މުއިއްޒު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރީ ސިހުރު ހާހޫރުގެ ބާރުން: ވާތު ސަންގު ފައްތާލީ ރޭގަޑުގެ ކަނު އަނދިރީގައި ބަރަވެލި ކަނޑަށް!

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރުމަށް ރައީސް މުއިއްޒު ސިހުރު ހާހޫރުގެ ބާރުން, ޖިންނި ޝަައިޡާނުންގެ އެހީތެރިކަން ހޯދާފައިވާކަަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް މުއިއްޒު ސިހުރު ހާހޫރު ހެދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު އެނގިހުރި ޕީއެންސީގެ އިސް ފަރާތަކުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި, ސިހުރު ހެދުމަށް މުއިއްޒު އެހީތެރިކަން ހޯދާފައިވަނީ މެދުރާއްޖެގެތެރޭގެ ރަށެއްގެ, ސިހުރު ހެދުމަށް މަޝްހޫރު މީހެއްގެ ކިބައިންނެވެ. އޭނާ ކިޔައިދިން ގޮތުގައި އެމަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދީފައިވަނީ މިހާރުގެ ފިޝަރީސް މިނިސްޓަރ ޝިޔާމްއެވެ.

މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ހަދާފައިވާ ސިހުރު ހާހޫރުގެ ތަފްސީލުތައް ކިޔައިދެމުން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވީ އެކަމަށްޓަކާ އެންމެ ފުރަތަމަ ހޯދާފައިވަނީ 10 ވަރަކަށް އިންޗި ހުންނަވަރުގެ ވާތު ސަންގެއް ކަމުގައެވެ. ވާތު ސަންގަކީ ކަނޑުގެ ފުނުން (ގާތްގަޑަކަށް 30 މީޓަރާއި 40 މީޓަރުގެ ފުނުން) ނަގާ އެއްޗެކެވެ. އެއީ ޑައިވިނަށް ދާ ފަރާތްތަކަށް ވަރަށް މަދުން ފެންނަ އެއްޗަކަށްވާއިރު ވާތު ސަންގު އާންމުކޮށް ފެންނަނީވެސް ގިނަ ފަހަރަށް ރެނދުލާ ނުވަތަ ވަަރަށް ބޮޑަށް ހަލާކުވެފައި ހުއްޓައެވެ. އެހެންކަމުން ގެއްލުމެއް ނުވެ, ފުރިހަމައަށް ހުންނަ ވާތު ސަންގު ކަނޑުގެ ފުނުން ފެންނަނީ ވަަރަށްވެސް މަދުންނެވެ. އަދި ފެންނަ ވާތު ސަންގުތައްވެސް ގިނަފަހަހަރަށް ފެންނަނީ ވެލިގަޑުގެ ތެރެއަށް ވަދެއްފައި ހުއްޓައެވެ. ގިނަފަހަރަށް ފެންނަން ހުންނަނީ އޭގެ ނިގޫކޮޅު ވެލިގަޑުން މައްޗަށް ހިއްލިފައި ހުއްޓައެވެ.

އޭނެ ނަތީޖާއެއްގެ ގޮތުން ވާތު ސަންގަނީ މަދުން ލިބެން ހުންނަ އަގުބޮޑު އެއްޗެކެވެ. ސިހުރު ހާހޫރު ހަދާ މީހުން ބޮޑެތި ކަންކަމުގައި ސިހުރު ހާހޫރު ހެދުމަށް ވާތު ސަންގުގެ ބޭނުން ކުރަނީ ވާތު ސަންގަކީ ޖިންނި ޝައިޡާނުން ވަރަށް ބޮޑަށް ދޯޅުވާ އެއްޗަކަށް ވާތީއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވި ގޮތުގައި, މުއިއްޒުއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ސިހުރު ހާހޫރު ހެދި ފަރާތުން ސިހުރު ހަދާފައޮތް ވާތު ސަންގު ފައްތާލާފައިވަނީ ބަރަވެލި ކަނޑުގެ ފުނަށެވެ. އަދި ކިޔެވެލި ކިޔެވުމަށްފަހު ވާތު ސަންގު ބަރަވެލި ކަނޑަށް ފައްތާލީ ރޭގަނޑުގެ ކަނު އަނދިރީގައި މެންދަމުން 12:00 ގައިކަމަށްވެސް އޭނާ ކިޔައިދީފައި ވެއެވެ. އޭނާ ވިދާޅުވޫ މުޖައްރިބު ސިހުރެއްގެ ގޮތުގައި ހެދި މި ސިހުރު ހެދީ މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ 10 ވަރަކަށް ކުރިންނެވެ.

ޕީއެންސީގެ އިސް އޮފިޝަލް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ވިދާޅުވީ ވާތު ސަންގު ގަތުމަށާއި އަދި ސިހުރެވެރިޔާ ހެދި ސިހުރު ހާހޫރަށް ރައީސް މުއިއްޒުވަނީ ޖުމްލަ 5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ޖިންނި ޝައިތާނުންގެ އެހީތެރިކަމުގައި ސިހުރު ހާހޫރު ހެދުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. އަދި ޖިންނި ޝައިޡާނުންގެ އެހީގައި ހަދާ ސިހުރު ހާހޫރުގެ އެހީގައި އިންތިޚާބުތައް ކާމިޔާބުވާކަމަށް އީމާންވުމަކީވެސް ދީނީ އަގީދާގައި ހިމެނިފައިވާ ކަމެއް ނޫނެވެ.

އެހެންނަމަވެސް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް މުއިއްޒުވަނީ ރިޝްވަތުގެ ހަރާމް ފައިސާ ބަހާ, ސިހުރު ހާހޫރުވެސް ހަދާފައެވެ. އަދި މިކާމިޔާބީ ފާހަގަ ކުރުމަށް ދެޖިންސުގެ މީހުން އެއްތަންކޮށް މުއިއްޒުވަނީ ބަޑިބޭހުން ކުޅިވަރުތައްވެސް ބާއްވާފައެވެ.