އަދުރޭ، މަޖިލީސް މެމްބަރުންނަށް ރައީސް ވިދާޅުވިއޭ ކިޔައިގެން ބާރު ފޯރުވާ ވާހަކަ، ޖަންގިޔާ ނާޒިމް ދައްކައިގެން، އަންގާ އެއްޗެއް އަންގާނީ ތިމަންނާ ކަމަށް މުއިއްޒު މަޖިލިސް މެމްބަރުންނަށް އަންގައިފި

އަދުރޭ، މަޖިލީސް މެމްބަރުންނަށް ރައީސް ވިދާޅުވިއޭ ކިޔައިގެން ބާރު ފޯރުވާ ވާހަކަ، ޖަންގިޔާ ނާޒިމް ދައްކައިގެން، އަންގާ އެއްޗެއް އަންގާނީ ތިމަންނާ ކަމަށް މުއިއްޒު މަޖިލިސް މެމްބަރުންނަށް އަންގައިފިއެވެ. އަބްދުއްރްހީމް އަދުރޭގެ ގިނަ ވާހަކަ ތަކެއް މުއިއްޒާއި ހިއްސާ ކޮށްފައި ވާއިރު، މުއިއްޒު ދަނީ އަދުރޭގެ ބާރުތައް ހަނިކޮށް ނާޒިމް އަށް ބާރުތައް ދެމުން ކަމަށް މައުލޫމާތު ލިބެއެވެ.

މުއިއްޒު މި މެސެޖް ދެއްވީ އިއްޔެ މަޖިލީހަށް ހޮވުނު ފަރާތްތަކާއި، ކެބިނެޓް މިނިސްޓަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

“ރައީސް ވިދާޅުވީ ތިމަންނައާ ނުގުޅޭނެ މެމްބަރަކު ނުހުންނާނޭ. ގުޅޭނޭ، ޖަވާބު ވެސް ދެއްވާނަމޭ. ވަރަށް ސާފު ރައީސް އެ ވިދާޅުވި އެއްޗެއް.”

ދިޔަވަރު ނޫހަށް މައުލޫމާތް ދިން ޕީއެންސީ މަޖިލީސް މެމްބަރަކު ކިޔާދިން ގޮތުގައި، މުއިއްޒު އެހެން ހާމަ ކުރިއަސް އެއީ މުއިއްޒަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި، ލޭޔަރ ތައް ދުވަސް ކޮޅަކުން ލާން ޖެހޭނެ ކަމަށެވެ. މުއިއްޒުއަށް އޮތް އިޚްތިރާމް އިސާހިތަކުން ކެނޑި މަޖިލީސް މެމްބަރުންގެ ނުރުހުން އަޑުއަހަން މުއިއްޒަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް އޭނާ ކިޔައި ދިނެވެ.

ނަމަވެސް މިއީ އަބްދުއްރަޙީމުގެ އުނދަގުލުން ސަލާމަތް ވުމަށް މުއިއްޒު ކުރައްވާ މަސައްކަތެއް ކަމުން، އަދި މީގެ ކުރިން ޔާމީން ޖަލުން ފޮނުވާ މެސެޖްތައް މުއިއްޒު ބުނެގެން އަބްދުއްރަހީމް ބަދަލުކޮށް ފައި ވާއިރު، މުއިއްޒަށް މިއަދު އަބްދުއްރަހީމަށް އިތުބާރު ކުރެވޭނީ ވަކި ކިހިނަކުންތޯއެވެ.