އެމްޑީޕީ ކެމްޕެއިންގައި ބައިވެރިވީތީ، ސްޓެލްކޯ ސެކިޔުރިޓީ މަގާމުގައި ހުރި އަހްމަދު ފިރުޝާނަށް ވަޒީފާގެ ބިރު ދެއްކުމުން، ވަޒީފާއިން ވަކިވެއްޖެ!

އެމްޑީޕީ ކެމްޕެއިންގައި ބައިވެރިވީތީ، ސްޓެލްކޯ ސެކިޔުރިޓީ މަގާމުގައި ހުރި އަހްމަދު ފިރުޝާނަށް ވަޒީފާގެ ބިރު މުއިއްޒުގެ ފަރާތުން ދައްކައިފިއެވެ. އެއްވެސް މީހަކަށް ތަފާތު ނުކުރާނެ ކަމަށާއި، ވަޒީފާއިން އެއްވެސް މީހަކު ވަކި ނުކުރާނެ ކަމަށް ބުނެ މިހާތަނަށް ހާހަކަށް ވުރެ ގިނަ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެކި ވަޒީފާތަކުން ކަނޑާލާފައެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އެމީހެއްގެ ސިޔާސީ ކުލައެއްގެ ސަބަބުން އެއްވެސް އެމީހެއްގެ ސިޔާސީ މިނިވަން ކަމަށް ބުރޫ އަރާފައެއް ނުވެއެވެ.

އަހްމަދު ފިރުޝާން އަށް އޭނާ ހާމަ ކޮށްފައިވާ ގޮތުގައި، އޮފީސް ތެރެއިންނާއި، އޮފީސް ބޭރުން ވަނީ ސަރުކާރުން، ސިޔާސީ ނުފޫޒު ފޯރުވާފައެވެ.

އަހްމަދު ފިރުޝާނަށް ވަޒީފާގެ ބިރު ދައްކައި ފޮނުވާފައިވާ ބައެއް ވަޓްސްއެޕް މެސެޖްތައް އޭނާ ވަނީ ސޯޝަލް މީޑިޔާގައި ހާމަ ކޮށްފައެވެ.

ފިރުޝާން އަށް ބިރު ދެއްކުމުން އޭނާ ފޮނުވާފައިވާ ސިޓީ

ދިވެހިރާއްޖޭގެ ތާރީހުގައި ސިޔާސީ ފިކުރުގެ ސަބަބުން ރައްޔިތުންނަށް ދުވަހަކުވެސް ވެރިއަކު އަނިޔާ ނުވާ މިންވަރަށް މުއިއްޒު ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުންނެވެ.