މެޑިކަލް ސްކޫލްގެ ދަރިވަރުން ދަރުމަވަންތަ އިން ނެރެ، މި ސަރުކާރުން ދަރިވަރުންތަކެއް މަގުމަތި ކޮށްލައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލްގެ ދަރިވަރުން ދަރުމަވަން ހޮސްޕިޓަލުން ނުކުތުމަށް ސަރުކާރުން އެންގުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

ދަރުމަވަންތައިން ނެރެފައި ވަނީ އެއްވެސް ހައްލެއް ނުދީ ކަމުން، މި މައްސަލައަށް އަވަސްގޮތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެދިފައިވެ އެވެ.

2018 ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި މެޑިކަލް ސްކޫލް އޭރު ޤާއިމު ކުރީ އޭރު އޮތް ސަރުކާރުންނެވެ. ނަމަވެސް އެތަނުން މި ސަރުކާރުން ނެރެފައި ވަނީ، ކުރީ ސަރުކާރުތަކުން ކޮށްފައިވާ ކަންކަން ކުރިއަށް ނުގެންގޮސް ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބެލެވެއެވެ.

ދަރިވަރުން މައި ކެމްޕަހަށް ބަދަލުކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ ކަމެކެވެ. މައި ކެމްޕެހުގައި މެޑިސިން ކިޔެވުމަށް ބޭނުންވާ ހާލަތެއް ގާއިމް ކޮށްފައި ނުވެއެވެ. އެހެން ކަމުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ބުރޫއެއް އަރާނެ ކަމަށް އެދަރިވަރުން ހާމަ ކުރެއެވެ. މަޖިލީސް އިންތިހާބު ނިމުމުން ސަރުކާރުން ދަނީ ބަދަލުހިފުމާއި، އަނިޔާވެރިކަން އިތުރު ކުރަމުންނެވެ.