ސަރުކާރުގެ ހިއްސާ އޮންނަ ސްޓެލްކޯ ކުންފުނިން މި ނިމި ދިޔަ ރަމަޟާން މަހު އެކުންފުނީގެ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވި ނަމަވެސް، އިތުރު ގަޑި (OT) ފައިސާ މުސާރައިގައި ހިމަނާފައި ނުވާ ކަމުގެ މައުލޫމާތު ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަސް ކުންފުނީގެ އިސްވެރިންނަށް ގުޅާލުމުން އިސްވެރީން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އޭގެ އިތުރުން ސްޓެލްކޯއިން މިހާރުވަނީ އިތުރުގަޑީގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ފައިސާގެ އަދަދުތައް ކުޑަވެސް ކޮށްފައެވެ. އެގޮތުން އިތުރުގައި ފައިސާ ކުޑަ ކުރި އަދަދު ތައް ތިރީގައި އެވަނީއެވެ.
208% އިން %190
190% އިން %103
ސްޓެލްކޯގެ ބައެއް މުއަޒަފުން “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ %103 އަކީ އާންމު މަސްތަކުގައިވެސް އިތުރުގަޑީގައި މަސައްކަތް ކޮއްގެން ލިބޭ އޯޓީ އައްވުރެ ދަށް ޕަސަންޓެކެވެ.
ސްޓެލްކޯއިން ދަނީ އެ އެމްޑީޕީގެ މަޖިލިސް ކެމްޕޭންގައި ބައިވެރިވެފައިވާކަމަށް ބުނެ ކުންފުނީގެ މަގާމްތަކުން މުއްވަޒަފުން ވަކިކުރަމުންވެސްމެއެވެ.