މުއިއްޒުގެ ސަރުކާރުގެ އިހްމާލުން 4 ވަނަ މަރު! ބަލިމީހާ މަރުވީ އެކަމާއި ގުޅޭ ފަރާތްތައް އެހީތެރި ނުވެ، މުއިއްޒު ރުއްސުމަށް ހަވާ އަރުވާ ތަނަށް ގޮަސް ހުއްޓާ!

ތ. ވޭމަންޑޫ ހެލްތު ސެންޓަރުން މާލެ ފޮނުވަން ރިފާކޮށް، އެ އަތޮޅު ތިމަރަފުށީ ސިއްހީ މަރުކަޒަށް ފޮނުވި ހާލު ބޮޑު ބަލި މީހަކު، ސިއްހީ އިހުމާލަކުން ރޭ މަރުވެއްޖެއެވެ.

ވޭމަންޑޫ ސިއްހީ މަރުކަޒުގައި އޮތް ހާލު ބޮޑު ބަލިމީހަކު އެއާ އެމްބިއުލާންސްގައި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަގުމަތީގައި ސިއްހީ އިހުމާލަކުން މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ އާއިލާގެ މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަރުވެފައި ވަނީ، 65 އަހަރުގެ އަންހެނެކެވެ.

އޭނާގެ ޕޯސްޓުގައި ވާގޮތުން، އެ ބަލިމީހާ މާލެ ފޮނުވަން ރިފާކުރީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެންނެވެ. ބަލި މީހާ މަރުވެފައި ވަނީ ވޭމަންޑޫ ގައި ގުޅާފައި ހުރި އޮކްސިޖަން ފުޅީގައި މައްސަލަޖެހިގެން ފަރުވާއަށް ތިމަރަފުށްޓަށް ގޮސް، ތިމަރަފުށިން އޮކްސިޖަން ހުސްވެފައި ހުރި ހުސްފުޅިއެއް ގުޅައިގެންނެވެ. ހުސްފުޅި ގުޅީ އެމްބިއުލާންސްގައި އެއަރޕޯޓަށް ދަނި ކޮށެވެ.

ތިމަރަފުށީ ހެލްތް ސެންޓަރަށް ބަލި މީހާ ގެނެސްފައިވަނީ ހާލު ބޮޑުވެގެން އެރޭ 8 ޖެހިކަންހާއިރު އެވެ. ނަމަވެސް ހެލްތް ސެންޓްރާއި ހަވާލުވެ ހުރި ފަރާތުން މިކަމުގައި ވާން ޖެހޭ ތައްޔާރީތައް ނުވެ، ގޮސްފައިވަނީ މުއިއްޒު ރުއްސުމަށްޓަކައި މަޖިލީސް ކާމިޔާބީ ފާހަގަ ކުރުމަށް ހަވާ އަރުވާތަން ބަލާށެވެ.

މުއިއްޒަށްޓަލައި ގަސްތުގައި ފަރުވާއަށް އިހްމާލުވެ، ބޭނުންވާ ތައްޔާރީތައް ފުރިހަމަ ނުވެ، އެމީހާ މަރުވެ ދިޔައިރު ހެލްތް ސެންޓަރ އާއި ހަވާލުވެގެން ހުރި މީހާ އަށް މިކަމަށް އެޓެންޑް ވެވުނީ އެރޭ 9:30 ވީ ފަހުންނެވެ.

ހަވާ އަރުވާތަނަށް ނުގޮސްފި ނަމަ، މުއިއްޒު ނުރުހި ދާނެ ކަމަށް މަގާމުގެ މަސްއޫލިއްޔަތު ދޫކޮށް އަހްމަދު ނަސީރު ގޮސްފައި ވަނީ މުއިއްޒު ރުއްސުމަށް ޓަކައެވެ. ބެލެވޭ ގޮތުގައި ނަސީރު މުއިއްޒުގެ މައްޗަށް ބަހައްޓާ އަހައްމިއްޔަތުން މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަކީ ސަރުކާރަށް ވާނެ ކަމެއް ނޫނެވެ. މި ރާއްޖޭގައި ބޭ އިންސާފާއި އަނިޔާވެރިކަން އޮތީ މި ދަރަޖާގައެވެ. ގާބިލު މީހުންގެ މައްޗަށް ނަގާބިލު މީހުންގެ ލުމުން އެތައް ބަޔަކު އޭގެ އަނިޔާ ތަހައްމަލު ކުރަން ޖެހެއެވެ.