މަސްވެރިންނަށް 27 މިލިއަން ނުދީ މަސްވެރިން އަނެއްކާވެސް ހާލުގައި ޖައްސައިފި!

މަސްވެރިންނަށް 27 މިލިއަން ނުދީ މަސްވެރިން އަނެއްކާވެސް ހާލުގައި ޖައްސައިފިއެވެ. މަސްވެރިންނަށް ފައިސާ ނުދިން ނަމަވެސް ސަރުކާރުން ވަނީ މަޖިލީހާއި ދިމާކޮށް 5،000 ވުރެ ގިނަ ސިޔާސީ ވަޒީފާ ދީފައެވެ. މި ވަޒީފާތައް ދިން މީހުންނަށް ބަރާބަރަށް މުސާރަ އަށް އެތައް 100 މިލިއަނެއް ސަރުކާރުން ދެމުން ދާއިރު، މަސްވެރިން ބާނާ މަސް ވިއްކައި އެއިން ފައިދާ ހޯދުމަށް ފަހު، އެ ފައިސާ މަސްވެރިންނަށް ނުދީ، މަސްވެރިންގެ ފައިސާއިން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ މަސްވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް، މުއިއްޒު ވަނީ ބަޖެޓު ކޮށްފައި އޮތް 101 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބަހައި، ބަޖެޓުން ބޭރުން އިތުރަށް އެތައް މިލިއަނެއް ބަހާފައެވެ. މަސްވެރިން އުފައްދަމުންދާ ސުވާލަކީ ބަޖެޓުން ބޭރުން މުއިއްޒު ބޭނުންވާ ފަރާތްތަކަށް ބަދަލުގެ ފައިސާ ދޫކޮށްފައި ވަނީ، މަސްވެރިންގެ ބޭނި މަސް ސަރުކާރުން ބޭރަށް ވިއްކައިގެން ލިބުނު ފައިދާއިން ތޯ ނުވަތަ ނޫންތޯއެވެ؟

ސަރުކާރުން ވަނީ މަސްވެރިން ބާނާ މަސް ވިއްކައިގެން އެ ލިބޭ ފައިސާ މަސްވެރިންނަށް ނުދީ މަސްވެރިން ދަރަނިވެރި ކޮށްގެން، އެ ފައިސާ ހިފަހައްޓައިގެން ސަރުކާރުން ކުރަނީ ކޮން ކަމެއް ކަން ސާފުކޮށް ނުދެވިފައެވެ.