މުހައްމަދު އިސްލާއިލް (މާފެލޭ) ބިރުދެއްކުމުން, އެސިސްޓަންޓް ސީނިއަރ އޮފިސަރުކަމުން ސީނިއަރ މެނޭޖަރުކަމަށް! މިއީ ސްޓެލްކޯގަ އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުންދާ އިޚްލާސްތެރި މުވައްޒަފުންނަށް ކުރި ޖެއްސުމެއް!

ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރި މުހައްމަދު އިސްލާމާއިލް (މާފެލޭ) ސްޓެލްކޯގެ އެމްޑީ ފަހުމީއަށް ބިރު ދައްކަގައިގެން މުވައްޒަފަކަށް ޕްރޮމޯޝަން ހޯދި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ސްޓެލްކޯގެ އިސް މުވައްޒަފަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި ސްޓެލްކޯގެ ޓްރާންސްޕޯޓު ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސީނިއަރ އޮފިސަރެއްގެ މަގާމްގައި ހުރި ޝުފާ ހަނީފް އެކުންފުނީގެ ސީނިއަރ މެނޭޖަރުގެ މަގާމަށް ޕްރޮމޯޓު ކޮށްފައިވަނީ މުހައްމަދު އިސްލާއިލް ވިލިމާލޭގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރުމުގެ ބޭނުމުގައި ސްޓެލްކޯގެ އެމްޑީ ފަހުމީއަށް އިންޒާރުދީ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކައިގެން ކަމުގައެވެ.

ސްޓެލްކޯގެ އޮފިޝަލް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ކިޔައިދިން ގޮތުގައި ވޯޓުލާން ދެ ދުވަހަށް ވެފައި ވަނިކޮށް މުހައްމަދު އިސްމާއިލް ވަނީ ސްޓެލްކޯގެ އެމްޑީ ފަހުމީގެ ކޮޓަރީގައި އިނދެ, ފަހުމީއާއި ދިމާލަށް “ކަލެއަށް ތި ގޮނޑީގައި ތި ހުރެވެނީ ތިމަންނާމެން ބެހެއްޓީމައޭ.. ކަލޭ ޖެހޭނީ ތިމަންނާމެން ބުނާ ކަންތައް ކުރާށޭ..” މި އިބާރާތުން ބިރު ދައްކާފައި ކަމުގައެވެ.

މުހައްމަދު އިސްމާއިލް ފަހުމީއަށް މި އިބާރާތުން ބިރު ދެއްކުމުން ފަހުމީ ވަނީ ވަގުތުން ޝުފާ ހަނީފްގެ ޕްރޮމޯޝަން ޕްރޮސެސް ކުރުމަށް އެޗްއާރުއަށް އަންގާފައިކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ސްޓެލްކޯގެ އޮފިޝަލް ކިޔައިދީފައި ވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި ޝުފާ ހަނީފް ސީނިއަރ މެނޭޖަރުގެ މަގާމަށް ޝަރުތު ހަމަނުވަނީސް މިހާރު ވަނީ އެ މަގާމަށް ޕްރޮމޯޓް ކޮށްފައެވެ. މި ޕްރޮމޯޝަނާއެކު އޭނާގެ މިހާރުގެ އަސާސީ މުސާރަ ފެށޭ އަދަދަކީވެސް 15 ހާސް ރުފިޔާއެވެ. އަދި އޭނާއަށް މިހާރު 30,000 ރުފިޔާއާއި ގާތް ކުރާއަދަދަކަށް މުސާރަ ލިބޭ ކަމަށާއި, މިއީ އެ ކުންފުނީގައި 20-30 އަަހަރު ވަންދެންވެސް މަސައްކަތް ކުރުމުންވެސް ނުލިބޭވަރުގެ ކުރިއެރުމެއް ކަމުގައިވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން އޮފޮޝަލް ވިދާޅުވެފައި ވެއެވެ.

އަދި މިއީ ބޮޑު ބޭއިންސާފެއްކަމުގައި ސްޓޭލްކޯގެ ގިނަ މުވައްޒަފުން ގަބޫލުކުރި ނަމަވެސް ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް އެއްވެސް މުވައްޒަފަކަށް މިވާހަކަ ދައްކަން ނުކެރި, އެހެންނަމަވެސް ސްޓެލްކޯގައި ތަކުރާރުވަމުންދާ މިފަދަ އިންސާފެއް ނެތް ކަންކަމުގެ ސަބަބުން ކުންފުނީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންގެ މަސައްކަތުގެ ރޫހު ގެއްލިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސްޓެލްކޯއިން ވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް, ބޭއިންސާ އެތައް މުވައްޒަފުންނަކަށް ޕްރޮމޯޝަން ދީފައެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ ހިމެނިގެން ދިޔައީ ފާއިތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވަކި ހަމަތަކެއް ހިފަހައްޓަމުން އައި ކުންފުންޏެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެކުންފުނީގެ މިހާރުގެ އެމްޑީ ގެންދަވަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ސިޔާސީ އެކްޓިވިސްޓުން ވަޒީފާތަކަށް ވައްދާ, އަދި އުސޫލުން ބޭރުން ޕްރޮމޯޝަންތައް ދީ, ނުހައްގުން މުވައްޒަފުން ވަޒީފާތަކުން ވަކިވެސް ކުރަމުންނެވެ.