ށ. މާއުނގޫދޫ ފެނަކަ އާ އިންޖީނުގެ އިމާރާތް ކުރަމުންދާ 20 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލައިފި

ށ. މާއުނގޫދޫގެ ފެނަކަ އާ އިންޖީނުގޭގެ އިމާރާތް ކުރުމަށް ވަޒީފާ ދީފަ ތިބި 20 މުވައްޒިފަކު ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލައިފިއެވެ.

ފެނަކައިން އިއްޔެ ވަޒީފާއިން ވަކިކުރި މުވައްޒަފަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި 20 މުވައްޒަފުން ވަޒީފާއިން ވަކިކޮށް, ގެއަށް ފޮނުވާލާފައިވަނި ކުރިން ނޯޓިސް ދިނުމަކާވެސް ނުލާ ކަމުގައެވެ. އަދި ރޯދަމަސް ކުރިޔަށް އޮއްވާ, 20 އާއިލާއެއް މި ސަރުކާރުން މަގުމަތި ކޮށްލާފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމުގައިވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ކެމްޕޭންގައި ވިދާޅުވެފައިވަނީ އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކު ވަޒީފާއި ވަކި ނުކުރާނެ ކަމަށާއި, އެންމެ ބޮޑުވަރު ވެގެންވެސް މުވައްޒަފަކު ހުރި ވަޒީފާއިން އެހެން ވަޒީފާއަކަށް ބަދަލުކޮށްލަން ޖެހިދާނެ ކަމުގައެވެ.

އެހެންނަމަވެސް, މުއިއްޒުވަނީ މި ވައުދާ ޚިލާފްވެ, ފެނަކައިގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް, އެތައް އާއިލާއެއް މަގުމަތިކޮށް ބިކަ ކޮށްލާފައެވެ.