އަސުރުމާ ދޯންޏަަށް އެރީ ޕައިރެޓުން؟ ދޯނި އޮތީ ރާއްޖޭގެ އެސްއީ ޒެޑުން ބޭރުގަ, ކީޕަރ އިމްރާންއާއި މެމްބަރު ޓޮމް ބޭނުންވީ ހާދިސާ ސިޔާސީ ކޮށް, އިންޑިއާ ބޮލަށް “ކަނޑާލަން”؟

ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އިއްޔެ އިންޑީއާ ސިފައިން އެރި ކަމަށް ބުނެ އެންމެ ފުރަތަމަ އަޑު ފަތުރާފައިވަނީވެސް އަސުރުމާ ދޯނީގެ ވެރިފަރާތްކަމަށްވާ މުހައްމަދު މޫސާ (އަސުރުމާގެ, އދ. މަހުބަދޫ)ގެ ދަރިފުޅު, ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާންއެވެ.

އޭނާ އިއްޔެ ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ, ކޯސްޓް ގާޑާއި, އަސުރުމާ 3 ދޯންޏާއި ފުރަތަމަ ވަގުތުން ފެށިގެން ދިޔައީ ވާހަކަ ދެކެވެމުން ކަމަށާއި, އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ލިބުނު އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމުގައެވެ. އަދި އޭނާ ބުނެބައިވަނީ “މިހާރު އިންޑިއާ ސިފައިން ދޯނިން ފައިބައިފި” ކަމަށެވެ.

އެހެންނަމަވެސް, ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަކަމަށް ބުނެ, ދިވެހި މަސްދޯނި އޮތް ސަރަހައްދަށް ދިޔަކަމަށް ބުނާ އެމްއެންޑީއެފްގެ ކޯސްޓު ގާޑް އުޅަނދު އެސަރަހައްދަށް މިސްރާބު ޖެހިތާ 6 ގަޑިއިރުވީއިރުވެސް އެ އުޅަނދުން ރާއްޖޭގެ މަސްދޯންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި އެއްވެސް މަސައްކަތެއްގެ މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަ ކޮށްފައެއް ނުވެއެވެ.

އަދި އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ބުނެފައެވެ.

ދިޔަވަރު އޮންލައިނަށް ގަބޫލު ކުރެވޭ ގޮތުގައި, އެ ދޯނި މަސްވެރިކަން ކުރަމުންދިޔައީ ރާއްޖޭގެ އެސްއީޒެޑްއިން ބޭރުގައެވެ. އަދި, ދޯންޏަށް އެރިކަމަށް މިހާރު ގަބޫލުކުރެވެނީ ޕައިރެޓުންނެވެ. އެހެންނަމަވެސް ދޯނި ހައިޖެކް ނުކޮށް ދޫކޮށްލާފައިވާކަމަށް ބެލެވެނީ ދޯނީގައި ފައިސާ ނެތްކަން ހައިޖެކަރުންނަށް ޔަގީން ވުމުންކަމަށް ބެލެވެއެވެ.

އަސުރުމާ ދޯނީގެ ވެރިފަރާތަކީ މުހައްމަދު މޫސާ (އަސުރުމާގެ, އދ. މަހުބަދޫ)އަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޕްގީޕަރ އިމްރާންގެ ބައްޕައެވެ. އަދި އިމްރާންއަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް(ޓޮމް)އއާއި އާއިލީ ގޮތުން ވަރަށް ބޮޑަށް ތިމާގެ އަދި ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ. އަދި ދެމީހުންނަކީ ވިޔަފާރި ޕާޓްނަރުންވެސް މެއެވެ.