ބާރަށު ދާއިރާގެ ޝުޖާއުގެ މަޖިލިސް ކެމްޕޭނަށް ނުނިކެމެގެން, ރޯދަމަސް ކުރިޔަށް އޮއްވާ, މުރައިދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ބާރަށު ދާއިރާގެ މެމްބަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އިބްރާހިމް ޝުޖާއުގެ ކެޕޭނަށް ނުނިކުމެގެން, ހއ. މުރައިދޫ ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރުގެ މަގާމްގައި ހުރި, އެރަށު ބްލޫބާޑު އަސްރާރު އަބުދުالله މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.

އަސްރާރު އަބުދުاللهއަކީ, ރައީސް ސާލިހުގެ ދައުރުން ފެށިގެން, މުރައިދޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ހުރި ފަރާތެކެވެ. އޭނާ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއާއި ގުޅުނީ 13 ފެބްރުއަރީ 2022 ގައެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުއެވެ.

އަސްރާރު އަބުދުالله ވަޒީފާ އަދާކުރަމުން އައިސްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރުގެ މަގާމްގައެވެ.

ފެނަކަ ކޯޕަރޭޝަންއިން އިއްޔެ އަސްރާރު އަބުދުالله ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އޭނާ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ބަޔާން ކޮށްފައިވަނީ ވަޒީފާއިން ވަކިކުރި ސަބަބަކީ އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ, ކުންފުންޏަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުން ލިބިދާނެކަމަށް ފެނުން ކަމުގައެވެ.

އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި, ބާރަށު ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓް އިބްރާހިމް ޝުޖާއުގެ ކެމްޕޭނަށް އޭނާ ނިކުތްކަމަށް ދެކޮޅު ހެދުމުންކަމަށް ”ދިޔަވަރު އޮންލައިން“އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރުމަށް އެތައް ފަހަރެއްގެ މަތިން, ޝުޖާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް ރަޝީދަށް ގުޅާ އިންޒާރުވެސް ދީފައިވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލުމާތު ދިން ފަރާތުން ވިދާޅުވެފައި ވެއެވެ.

ޝުޖާއުގެ ޝަކުވާތަކާހެދި, އަސްރާރު އަބުދުالله ވަޒީފާއަށް ނުނެރެވެސް ބަހައްޓާފައި ވެއެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ކުށެއް ނުދެއްކި, ފެނަކައިން އޭނާ އަލުން ވަޒީފާއަށް ނެރެފައިވަނީ މި ހަފްތާގައެވެ. އެހެންނަމަވެސް އޭނާ ވަޒީފާއަށް ނިކުންނަން ފެއްޓިކަން އެނގުމާއެކު ޝުޖާއުވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް އަންގާ ފެނަކަ އެމްޑީ މުއާޒަށް އިންޒާރު ދީފައެވެ,

ޝުޖާއު މީގެ ކުރިން އަސްރާރު އަބުދުاللهއަށް އެންގީ އޭނާގެ މަޖިލިސް ކެމްޕޭނަށް ނިކުތުމަށެވެ. އެހެންނަމަވެސް އޭނާއަކީ އެމްޑީޕީގެ މެމްބަރެއްކަމަށް ބުނެ, ޝުޖާއުގެ ކެމްޕޭނަށް ނިކުތުން ފަސޭހަ ނޫންކަމަށް އަސްރާރު އަބުދުالله ޝުޖާއުކައިރީ ބުނެފައި ވެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ.

އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.