ބަރަކާތްތެރި ރޯދަމަހު، ރޯދަ ހިފަހިފާ ތިއްބާ ހެނދުނު އޮފީހަށް ގޮސް ނުކުންނައިރު، ޗިޓް ދަނީ ދެމުން. ވަޒީފާއިން ކަނޑާލީ! އާމްދަނީ ދިޔައީ! މިއަށްވުރެ ބޮޑު އަނިޔާވެރިިކަމެއް އޮންނާނެތޯ: އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ބަރަކާތްތެރި ރޯދަމަހު، ރޯދަ ހިފަހިފާ ތިއްބާ ހެނދުނު އޮފީހަށް ދާއިރު، ވަޒީފާއިން ކަނޑާލާ ޗިޓް ހަވާލު ކުރަމުންދާ ކަމަށާއި. ވަޒީފާއިން ކަނޑާލުމުން އާމްދަނީ ދިޔައީ ކަމަށާއި، މިއަށްވުރެ ބޮޑު އަނިޔާވެރިިކަމެއް އޮންނާނެތޯ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް އަނިޔާވެރި ވުމުގެ ގޮތުން މުއިއްޒު އެތައް ސަތޭކަ ބަޔަކު، ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކި ކުރަމުން ދާ ދިޔުމާއި މެދު ހިތްދަތިވެ ދެއްކެވި ރޭ ހެންވޭރު ރައްޔިތުންނާއި މުހާތަބު ކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.

ބަރަކާތްތެރި ރޯދަމަހު، އަޅުގަނޑުމެން ދިވެހި ލޮބުވެތި ރައްޔިތުން، ރޯދަ ހިފަ ހިފާ ތިއްބާ، ހެނދުނު އޮފީހަށް ގޮސްސަ ނުކުންނަ އިރު ޗިޓެއް ދެނީ! ވަޒީފާއިން ކަނޑާލީ! އާމްދަނީ ދިޔައީ! ކޮބާތޯ މިއަށްވުރެ ބޮޑު އަނިޔާވެރިކަމެއް! މި އަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެތޯ؟ ކުރި ކަމެއް، ހެދި ގޮތެއް، އެހެން ކަމެއް އޮތީކީ ނޫން. ހަމަ އެކަނި ސަރުކާރު ގަބޫލު ކުރާ މީހަކަށް ނުވަނީ!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މުއިއްޒު ވަނީ 700 އަށް ވުރެ ގިނަ ފަރާތްތައް މިހާތަނަށް ވަޒީފާއިން ކަނޑާލައި ހާލުގައި ޖައްސާފައެވެ. ވެރިއަކަށް ތާއީދު ނުކޮށްގެން މިހާ ގިނަ އާއިލާތަކެއް ބިކަ ކޮށްފައި މިހާތަނަށް އެއްވެސް ސަރުކާރަކުން ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެއްވެސް ފަރާތެއް ވަޒީފާގެ ބިރުވެރި ކަމުގައި އުޅެފައެއް ނުވެއެވެ. ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކައިގެން ނޫން ގޮތަކަށް މުއިއްޒަށް ވެރިކަން ކުރަން ނޭނގުމަކީ، ވެރިކަން ކުރުމުގެ ޤާބިލުކަމެއް މުއިއްޒަށް ލިބިފައި ނުވާކަން ހާމަ ކޮށްދޭ ކަމެކެވެ.