700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ބުނި، ސިޔާސީ މަގާމުތައް 3510 އަކަށް އަރައިފި! މި މީހުންނަށް ދޭ މުސާރަ އިން އެކަނި، އަހަރަކަށް 200 އަށް ވުރެ ގިނަ ސްކޫލް ނުވަތަ މިސްކިތް ރަށް ރަށުގައި އެޅޭނެ!

700 އަށް ވުރެ އިތުރު ނުވާނެ ކަމަށް މުއިއްޒު ބުނުމަށް ފަހު، 3510 ސިޔާސީ މަގާމުތައް އުފައްދައި 3510 ސިޔާސީ މީހުން ސަރުކާރާއި، ސަރުކާރު ކުންފުނިތަކަށް ނަގާފައިވާ ކަމަށް ދިޔަވަރު ނޫހަށް ރައީސް އޮފީހުގެ އިސް ފަރާތަކުން މައުލޫމާތު ދީފިއެވެ.

ސިޔާސީ ބޭފުޅުންގެ މަގާމު.. އަދަދު އިތުރު ނުކުރަން އަޅުގަޑުމެން ކަނޑައެޅި ލިމިޓަށްވުރެ އިތުރެއް ނުކުރާނަން. 700 މަގާމަށްވުރެ އިތުރެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ އެގޮތުގަ ކުރިޔަށް ދާނީ.

މުއިއްޒު ޕީއެސްއެމް އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

މުއިއްޒު އަކީ އޭނާ ދައްކާ ވާހަކަ އާއި އަމަލާއި ދިމާ ނުވާ ގިނަ އަދަދަކަށް ދޮގު ހައްދަވަމުން ގެންދަވާ ރައީސް އެއް ގޮތުގައި ފާހަގަ ކުރެވޭ ފަރާތެކެވެ.

ގިނަ ސިޔާސީ މަގާމުތަކަކީ އެއްވެސް މަސްއޫލިއްޔަތެއް ނެތި އުފައްދާފައިވާ މަގާމްތަކެވެ. އަދި ގިނަ ބަޔަކު ކާޑު ޖެހުމަށް ފަހު މަސައްކަތް ކުރަމުން ދަނީ ކެމްޕެއިން ޖަގަހަ ތަކުގައެވެ. މީގެ ސަބަބުން ކުންފުނިތަކުގައި އާއި ސަރުކާރުގައި މަސައްކަތް ކުރާ ފަރާތްތައް މާޔޫސްވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ޤައުމުގެ ހިނގުމަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.

ރަށްރަށުގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ހުއްޓިފައިވަނީ މުއިއްޒުގެ ގާތް ފަރާތްތަކަށް ވަޒީފާ ދިނުމަށް ސަރުކާރުގެ ބަޖެޓް ބޭނުން ގޮތަކަށް ބަދަލު ކުރަމުން ދާތީއެވެ. އަދި މީގެ ސަބަބުން ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި، ފަގީރުން އިތުރަށް ފަގީރުވެގެން ދާނެއެވެ.

ސަރުކާރުން ވަނީ މިހާތަނަށް އުފައްދާފައިވާ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ސިއްރުކޮށްފައެވެ. ނަމަވެސް މިއީ ޤާނޫނީ ގޮތުން ސިއްރު ކުރެވޭނެ މައުލޫމާތެއް ނޫނެވެ. ސިޔާސީ މަޤާމުތަކާއި ބެހޭ މައުލޫމާތަށް އެދިގެން ނުދިނުމުން، ބައެއް ނޫސްތަކުން ވަނީ އާރުޓީއައި ލައިގެން މި މައުލޫމާތު ލިބޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އައިކޮމްގެ އެއްވެސް އަޑުއެހުމަކަށް ރައީސް އޮފީހުން ވަނީ އަންނަން ނުކެރިފައެވެ.

ވަޒީފާއިން ވެރިކަން ހިފެހެއްޓުމަކީ އެންމެ ނާގާބިލް ވެރިން ކުރާ ކަމެކެވެ. މުއިއްޒު ދަނީ ވަޒީފާ ދީގެން ވެރިކަން ދިފާޢު ކޮށް، ވަޒީފާގެ ބިރު ދައްކައިގެން ވެރިކަން ދިފާޢު ކުރަމުންނެވެ. މިއީ ރައްޔިތުން ބްލެކްމެއިލް ކޮށްގެން ކުރާ ވެރިކަމެއްގެ އުސޫލެވެ.