#ކުއްލިޚަބަރު: އީރާނުން އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށައިފި

ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން އީރާނަށް މިސައިލް ހަމަލާތަކެއް ފޮނުވައިފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފައިވާކަން އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ، އެގައުމުގެ މީޑިއާއެއް ކަމަށްވާ އޭބީސީ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އީރާނުގެ ބައެއް ޓީވީތަކުން ވަނީ އީރާނުގެ އިސްފަހަންގައި ބޮމުގެ އަޑު އިވިގެން ގޮސްފައިވާތީ، ވައިގެ ދިފާއީ ބާރުތައް ހަރަކާތްތެރިވެ، ތެހެރާނާއި އިސްފަހާންގެ ބައެއް ސަރަހައްދުތަކުގައި ދަތުރުތައް މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

އިސްރާއީލުން އީރާނަށް ފޮނުވާލި މިސައިލް ހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ބަޔަކު ޝަހީދުވެފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި މިސައިލްތައް އިސްރާއީލުގެ ފަސްގަނޑުގައި ޖެހުނު ކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނުވެއެވެ.

އީރާނުން އިސްރާއީލަށް ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާއާއި ގުޅިގެން މީގެ ކުރިން އިސްރާއީލުން ވެސް ވަނީ ބަދަލި ހިފާނެ ކަމަށް ބުނެފައެވެ. އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުން ބަދަލި ނުހިފަން ބުނެފައިވީނަމަވެސް، އިސްރާއީލުން މިހަމަލާދިންކަން ފާހަގަ ކޮށްލެވެއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފައިވާއިރު، ސީރިއާއާއި އީރާޤުގައި ވެސް ގޮވުންތަކެއް އަޑު އިވިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.