ތެދު ހަޤީގަތް ހާމަ ނުކުރަން މުއިއްޒު އަންގައިގެން ހުކުރު ހުތުބާގައި ގޮވާލައިފި. ﷲ ދީނާއި ދެކޮޅު ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން ދައްކާފަދަ ނުބައި ވާހަކަތައް ހުތުބާގައި ގެނައުމަކީ ބޮޑު ވެގެންވާ މުންކާރާތެއް އަދި ފާފައެއް!

ތެދު ހަޤީގަތް ހާމަ ނުކުރަން މުއިއްޒު އަންގައިގެން ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. މިއީ ﷲ ދީން، އިސްލާމް ދީނާއި ދެކޮޅު ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން ދައްކާފަދަ ނުބައި ވާހަކަތައް ހުތުބާގައި މިގޮތަށް ހިމަނައިގެން ރާއްޖޭގައި ހުތުބާ ގެނެސްފައިވާ ފުރަތަމަ ފަހަރެވެ. މިފަދައި ތެދު ހާމަ ނުކޮށް، ދޮގު ހެދުމަށް ނުވަތަ ވެރިމީހާގެ ކޮރަޕްޝަން ފޮރުވުމަށް ގޮވާލުމަކީ ބޮޑު ވެގެންވާ މުންކާރާތެކެވެ. އަދި ވެރިމީހާގެ އެފަދަ ކަމެއް އެނގި ހުރެ، އެކަން ހާމަ ކުރަންޖެހޭ ފަރާތްތަކަށް ހާމަ ނުކޮށް ފޮރުވައިގެން ހުރުމަކީ ޤާނޫނީ ގޮތުން ޖިނާޢީ ކުށެކެވެ.

މުއިއްޒުދަނީ ތަކުރާރުކޮށް ދޮގު ހަދައި ހުރިހާކަމެއް ހެން ރައްޔިތުންނަށް އޮޅުވާލަމުންނެވެ. އެކަމާއި ގުޅިގެން ތެދު ޚަބަރު ގެނެސްދޭ ފަރާތްތަކަކީ ދޮގު ހަދާ ބައެއް ކަމަށް ބުނެ، ތެދު ދޮގަށް ބަދަލުކުރަން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ﷲގެ އިރާދަފުޅުން އެ ދޮގުތައް ފަޟީހަތް ކުރައްވައި މުއިއްޒުގެ ދޮގުތައް ބޭޒާރު ދަނީ ބޭޒާރު ވުމުންނެވެ.

އިސްލާމް ދީނުގައި ވެރިންނަށް ރައްޔިތުންނަށް އޮޅުވާލައިގެން މަކަރުވެރިކަން އިސްކޮށްގެން ދޮގު ހެދުމެއް ނޯވެއެވެ. އަދި އެއީވެސް އިސްލާމް ދީން ނަހީ ކުރައްވާފައިވާ ފާފައެކެވެ. މުއިއްޒު ކިތަންމެ ދޮގެއް ހެދިއަސް، އެހެނިހެން އިންސާނުން ތެދުވެރި ނުވުމަށް މުއިއްޒު އަންގައިގެން ﷲ ދީން އޮޅުވާލުމަށް ހުތުބާގައި އެފަދަ ވާހަކަ އެއް ގެނައުމަކީ، އިސްލާމް ދީނުގައި ކަނޑައެޅިގެން ހާމަ ކޮށްފައިވާ އަސްލެއް އޮޅުވާލުމަށް ކަނޑައެޅިގެން ހިންގާފައިވާ މުންކަރާތެކެވެ. މިފަދަ ކަންކަމަކީ ކުޑަ ކަންކަމެއް ނޫނެވެ. އަދި ﷲ ދީނަށް މިގޮތަށް ފުރައްސާރަ ކުރުމަކީ އެއްވެސް ވެރިއެއްގެ ކިބައިން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މުއިއްޒު ވަނީ މީގެ ކުރިންވެސް، ތެދު ބަހުން މުއިއްޒުގެ ވާހަކަ ތައް ގެނެސްދޭ ފަރާތްތަކަށް ބަހުގެ ހަމަލާ ފޮނުވާފައެވެ. މުއިއްޒަށް ރާއްޖެގެ ގިނަބަޔަކު މިހާރު ކިޔަނީ ކައްޒާބެވެ. ކައްޒާބުގެ މާނަ އަކީ ދޮގު ހަދާ މީހާއެވެ.