ސިޔާސީ މައިދާނަށް އަންނި، “ކަމް ބެކް” ހެދި އިރު، އެއަރޕޯޓަށް ބަލާ ދާނެ ސަޕޯޓަރެއްވެސް ނުވި!

އީވާ އަށް ކެމްޕެއިން ކޮށް ދިނުމަށްޓަކައި، ސިޔާސީ މައިދާނަށް ރައީސް ނަޝީދު އެނބުރި ވަޑައިގަތުމަށް، ރާއްޖެ އައުމުން، ކުޑަ މިނުން މަރުހަބާ ދަންނަވާލަން ބަޔަކު އެއަރޕޯޓަށް ވެސް އެއްވެ ނުލިއެވެ. އެމަނިކުފާނު ބޭނުން ވެގެން އެއަރޕޯޓަށް މީހުން އެއް ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އިންތިހާބު މިހާ ކައިރިވެފައި އޮތުމުން އެކަން ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖެހުނެވެ. އެއީ އެވަރުގެ ތާއީދެއް ރައީސް ނަޝީދަށް ނެތުމުންނެވެ.

އެމްޑީޕީ ތެރޭގައި ފިތުނަ އުފައްދައިގެން، އޭރު ސަރުކާރާއި މެދު ހިތްހަމަ ނުޖެހުނު އެތައް ބަޔަކަށް ސިޔަސީ ކުރިމަގެއް ޕާޓީއެއް ހަދައި ދައްކަދޭނެ ކަމުގެ ފޮނި ހުވަފެން ދައްކައިގެން ވަޑައިގެން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ހެދި ޕާޓީގެ ގިނަ ބަޔަކު ތިބީ މިހާރު ރައީސް ނަޝީދު އެންމެ ލޯބިފުޅުވާ ސިޔާސީ ލީޑަރު ކަމުގައިވާ ޑރ މުއިއްޒު (ކައްޒާބު މަނިކުފާނު) އަރިހުގައެވެ.

މިއަދު ޑިމޮކްރަޓްސްގެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދަނީ، ހޮވިއްޖިއްޔާ ތިމަންނާ ހުންނާނީ އެމްޑީޕީގައި ކަމަށް ބުނަމުންނެވެ. މިފަދަ ދަށު ދަރަޖައަކަށް ވެއްޓެން ޖެހުނީ އަންނިއަށް ރާއްޖޭގައި ތާޢީދެއް ނެތުމުންނެވެ. އެމްޑީޕީ ރޫޅާލަން ނުކުތް މީހުން އަންނިގެ “މިއޮޑިއެއް ނުފެތޭނެ” ކަމަށް ބުނި އޮޑީގެ ރިޔާދަށުވެ ހަލާކުވެ ދިޔައީއެވެ.

ޑިމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކު ހޮވުމަކީ ނާދިރު ކަމެކެވެ. އެކަމާއި ވާ ހިތްދަތި ކަމަކުން، އަދިވެސް ޕޯޑިއަމެއް ފެންނަ އިރަށް އެމްޑީޕީއަށް ހިތުހުރި އެއްޗެއް ކިޔުމަކީ ވަރަށް ފެންވަރު ދަށް ކަމެކެވެ. ވެރިކަމުގައި މިހާރު ތިބީ ރައީސް ނަޝީދުގެ ތާޢީދު ލިބިގެން ގެނައި ބަޔެކެވެ. އެމީހުންނަށް މަދަދުވެރި ވުމަށް އެ މީހުންގެ ސަރުކާރާއި ގުޅި ވަޑައިގެން، އޮޔާދާ ޑިމޮކްރެޓްސް އަށް ހެޔޮ ބަނދަރެއް ދައްކައި ދެވޭތޯ ބަލާށެވެ. އެމްޑީޕީއެއް ނުރޫޅުނެއް ނޫންތޯއެވެ.