ރައީސް ޔާމިންގެ ޕީއެންއެފްގައި މަސައްކަތްކޮށް، އަދި އެ ޕާޓީގެ ޕޯޑިއަމް ތަކުގައި ރައީސް މުއިއްޒުއަށް ހެއްދެވި ނެހެއްދެވިއަށް ގޮވުމަށްފަހު، ލޯނެއް ނުދެއްކި ގޮތް ހުސްވެގެން މުއިއްޒުގެ ޕީއެންސީއަށް ބަދަލުވި ސިޔާސީ އެކްޓިވިސްޓް ވައްޑޭގެ ލޯނަށް އަދިވެސް މުއިއްޒު ލުއި ގޮތްތަކެއް ހަމަޖައްސާ ނުދޭކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިއްޖެއެވެ. އަދި މިއަދު އޭނާއަށް ވަޒީފާ ނުދޭކަމަށް ”ދިޔަވަރު އޮންލައިން“އިން މިއަދު ރިޕޯޓުކުރުމާއެކު މުއިއްޒުވަނީ ވައްޑޭއަށް މިއަދު ވަޒީފާއެއް ހަމަޖައްސާދީފައެވ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ވައްޑޭގެ ގާތް ފަރާތަކުން ކިޔައިދިން ގޮތުގައި އޭނާ ޔާމިންގެ ޕީއެންއެފްގައި ހުރުމަށްފަހު ކުއްލިއަކަށް މުއިއްޒުއަށް ސަނާކިޔާ ޓުވީޓު ކުރަން ފެށީ ލޯނެއް ޑީފޯލްވެ ހަތަރު އުދަރެސް ފެނުޖެހިގެންނެވެ. އަދި އޭނާ މުއިއްޒުއަށް ސަނާ ކިޔަން ފެށީ އޭނާގެ ލޯނަށް ލުއި ގޮތްތަކެއް ހަމަޖައްސާދީ އަދި ސަރުކާރުން ސިޔާސީ ވަޒީފާއެއްވެސް ހަމަޖައްސާ ދޭނެކަމުގެ ވައުދު މުއިއްޒު އޭނާއަށް ވެގެން ކަމުގައެވެ.
އެހެންނަމަވެސް އޭނާ މުއިއްޒުއަށް ސަނާ ކިޔަން ފެށިތާ މަހެއް ފާއިތުވެގެން ގޮސްފައިވާއިރުވެސް އަދިވެސް މުއިއްޒު އޭނާގެ ލޯނަށް ލުއި ގޮތްތަކެއް ހަމަޖައްސާ ނުދޭކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ވައްޑޭގެ ގާތް ފަރާތަކުން ކިޔައިދީފައި ވެއެވެ. އޭގެ އިތުރުން އޭނާއަށް ވަޒީފާއެއް ހަމަޖައްސާ ދޭނެކަމަށް މުއިއްޒު ވައުދު ވެފައިވާއިރު، މިއަދާއި ހަމައަށް އައިއިރުވެސް މުއިއްޒު އޭނާއަށް ވަޒީފާއެއްވެސް ހަމައްސާދީފައި ނުވާކަމަށްވެސް އެފަރާތުން ކިޔައިދީފައި ވެއެވެ.
އެހެންނަމަވެސް ލޯނު ޑީފޯލްޓްވެ ވައްޑޭއަށް ހަދާނެގޮތް ހުސްވެފައިވާތީ، ކޮންމެ ދުވަހަކުވެސް އޭނާ މުއިއްޒުއަށް ސަނާ ކިޔަމުންދާ ކަމަށާއި، އަދި ރޭގެ ޕީއެންސީގެ ހަރުގެ ޖަލްސާއަށް ހާޒިރުވެ ފޮޓޯ ނެގުމަށްފަހު ފޮޓޯތައް ޓުވީޓުވެސް ކޮށްފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ވައްޑޭގެ ގާތް ފަރާތަކުން ބުނެފައި ވެއެވެ.
ވައްޑޭއަކީ ޔާމިންގެ ޕީއެންއެފްގެ ޕޯޑިއަމްގައި މުއިއްޒުއާއި ސާޖިދާއަށް އަވަގުރާނަ ގޮވާ، ހަޑި ހުތުރުބަހުން މަލާމާތްކޮށް މައްލަވަކޮށް ހަދަމުން އައި މީހެކެވެ. އަދި ހަމަ އެ މޭރުމުން އޭނާ އަައީ ޓުވީޓުވެސް ކުރަމުންނެވެ. އެހެންނަމަވެސް އޭނާ މިހާރު ގެންދަނީ މުއިއްޒުއާއި ސާޖިދާއަށް ސަނާކިޔާ ކޮންމެ ދުވަހަކުވެސް ޓުވީޓުކޮށް ހަދަމުންނެވެ. އެހެންނަމަވެސް ވައްޑޭގެ ގާތް ފަރާތުން ކިޔައިދިން ގޮތުގައި މުއިއްޒު އޭނާއަށް އަދި ހަދަމުންދަނީ ދޮގެވެ.