ރަސްލާންގެ ހާޓް އެޓޭކްއަކީ ފުލުހުން ޖެހި ޕެޕަރ ސްޕްރޭއާ ގުޅުން ނެތް ކަމެއް ކަމަށް ދައްކަން އައިޖީއެމްއެޗްއިން ނެރުނު ސިޔާސީ ބަޔާނަކީ ޑޮކްޓަރުންގެ ލަފާ ނުހޯދާ ނެރުނު ދޮގު މައުލޫމާތު އެކުލެވޭ ބަޔާނެއް

ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ އުނދަގޫތަކެއްވި ނަމަވެސް، އޭގެ ސަބަބުން ސީދާ ހާޓް އެޓޭކެއް ނުޖެހޭނެ ކަމަށް ބުނެ،އެޑްމިޓްކޮށް ފަރުވާ ދެމުންދާ ބަލިމީހެއްގެ ހާލަތު އާންމުކޮށް އައިޖީއެމްއެޗުން ގާނޫނާ ޚިލާފް ސިޔާސީ ބަޔާނެއް ނެރުނީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާ ނުހިނަމާކަން “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިއްޖެއެވެ. އަދި މިހާރު އެނގިފައިވާ ގޮތުގައި، މި ސިޔާސީ ބަޔާން އެ ހޮސްޕިޓަލުން ނެރެފައިވަނީ މުއިއްޒު އަންގައިގެން އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި އަމިއްލަ ވިސްނުމަށްކަމަށްވެސް އެނގިފައި ވެއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު ވިދާލުވި ގޮތުގައި، ބަލިމީހާގެ ހާލަތު އޮޅުވާލާ، އަދި އަމުދުން ގާނޫނާ ޚިލާފަށް، ބަލިމީހާގެ ޒާތީ މައުލޫމާތު އައިޖީއެމްއެޗްއިން އާންމުކޮށްފައިވަނީ، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާވެސް ނުހޯދާ، ހޮސްޕިޓަކުގެ މެނޭޖްމަންޓަށް މަޖުބޫރު ކޮށްގެން ކަމުގައެވެ. އައިޖީއެމްއެޗްއިން ނެރުނު ބަޔާނަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ލަފަޔަށް އެކަނި ތައްޔާރު ކޮށްފައިވާ ބަޔާނެއްކަމަށްވެސް ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އެ ބީދައިން، ސިއްޙީ ހާލަތަކާއި ގުޅުވައިގެން، ރަގަޅު ނޫން މައުލޫމާތު އެކުލެވޭ ބަޔާނެއް ނެރުމާ ދެކޮޅު ހަދާފައިވާކަމަށްވެސް ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކި ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ. އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި އެ ހޮސްޕިޓަލުގެ އެއްވެސް ޑޮކްޓަރަކަށް ހަވާލާ ދީފައެއް ނުވެއެވެ.

މިމަހުގެ 3 ވަނަ ދުވަހުގެރޭ ފުލުހުން މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހަކަރާތްތެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗުގައި ފަރުވާ ދަނީ ފަރުވާ ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ރަސްލާންގެ ނަން ނުގެނެސް، ފުލުހުންގެ ދިފާއުގައި އައިޖީއެމްއެޗުން ވަނީ ބަޔާނެއް ނެރެފަ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.

“ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން” ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންނަަމަވެސް ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ޕެޕްރ ސްޕްރޭއަކީ އެ ބޭނުންކުރާ ގޮތާއި މިންވަރަށް ބަލާ ހިތް ހުއްޓުމަށް މަގުފަހިކޮށްދީފާނެ އެއްޗެކެވެ.

އެގޮތުން ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ޕެޕަރ ސްޕްރޭ ބޭނުންކުރުމުން ނާދިރު ހާލަތްތަކުގައި ހިތުގެ މައްސަލަތައް ދިމާވެދާނެއެވެ. ޕެޕަރ ސްޕްރޭ އާންމުކޮށް އަސަރުކުރަނީ ނޭވާލުމުގެ ނިޒާމަށާއި ލޮލަށާއި ކަންފަތަށް ކަމަށްވިޔަސް، އެ ޖެހުމުން ދިމާވާ ބޮޑު ރިހުމާއި ބިރުވެތިކަމާއި ނޭވާލަން އުނދަގޫވުމުން ހިތަށް ޕްރެޝަރު ބޮޑުވެއެވެ. އަދި ޚާއްސަކޮށް ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި، ހައި ބްލަޑް ޕްރެޝަރު ހުންނަ މީހުންނާއި، ބަރުދަން ލުއި ނޫން މީހުންނާއި، ބޭސް ބޭނުންކުރާ މީހުންނަށް މި ކަމުގެ ރިސްކު އިތުރުވެއެވެ. ހަމަ އެއާއެކު ޕެޕަސް ސްޕްރޭ އާދަޚިލާފަށް ކައިރިން އަދި ގިނައިން ބޭނުން ކުރުމުން ވަރަށް ބޮޑު ރިހުމާއި ބިރުވެތިކަމުން އެޑްރެނަލިން އިތުރުވެ، ނޭވާލަން އުނދަގޫވުމުން އޮކްސިޖަން މަދުވުމުގެ ސަބަބުން ހިތަށް ޕްރެޝަރެއް ބޮޑުވެ، އެ ހާލަތުގައި މިއީ ހިތުގެ މައްސަލަތައް ދިމާވާ ސަބަބެއް ވެދެއެވެ. ޕެޕަރ ސްޕްރޭ ބޭނުންކުރުމަށްފަހު މީހުން މަރުވެސް ވެފައިވާއިރު، ސްޕްރޭއަކީ އަސްލު ސަބަބު ކަމެއް ނުވަތަ ޖިސްމާނީ ހަރަކާތްތަކާއި، ކުރީން އޮތް ސިއްހީ މައްސަލަތަކާއި، އަދި ބޭސްތަކެއް ބޭނުންކުރުމާ ފަދަ އެހެން ސަބަބުތަކާއެކު އެއްބައިވެގެންވާ ސަބަބެއް ކަން ޔަގީން ކުރަން ސިއްހީ ތަހުލީލުތައް ކުރުން މުހިންމުވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.